ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ކުރާ ތާރީހީ ފުރަތަމަ ސީދާ ދަތުރު ރަސްމީކޮށް ފަށައިފި އެވެ.
މިއީ އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުނު ފުރަތަމަ ފަހަރެވެ.
މި ތާރީހީ ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ އޭ330 (A330) މަރުކާގެ ބޯޓެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ މާކެޓް ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހުގަ އެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
މޯލްޑިވިއަނުން ހަފުތާއަކު އެއް ދަތުރު މެލްބަންއަށް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކޮންމެ އާދިއްތަ ދުވަހަކު، އޮސްޓްރޭލިއާއިން ރާއްޖެއަށް އަދި ކޮންމެ އަންގާރަ ދުވަހަކު ރާއްޖެއިން އެ ގައުމަށް ދަތުރު ކުރާނެ އެވެ. މިއިން ދަތުރެއްގެ ދިގުމިނަކީ 11 ގަޑިއިރެވެ.
މި ދަތުރުތަކާއެކު އޮސްޓްރޭލިއާއިން ރާއްޖެއަށް އަހަރެއްގެ ތެރޭގައި 11،000 ފަތުރުވެރިން ގެނެވޭނެ ކަމަށް މޯލްޑިވިއަނުން ލަފާކުރެ އެވެ. މީގެ އިތުރުން، މިއީ ދައުލަތުގެ އާމްދަނީއަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އެގޮތުން، މި ދަތުރުތަކުގެ ސަބަބުން ދައުލަތުގެ ޓެކްސް އާމްދަނީއަށް އަހަރަކު 10 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް މޯލްޑިވިއަނުން އަންދާޒާކުރެ އެވެ.
މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ފަހުރުވެރި ކުރިއެރުމެއްގެ ގޮތުގައި މޯލްޑިވިއަނުން ސިފަކުރެ އެވެ. އޮސްޓްރޭލިއާ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓަކަށް ވާއިރު، މި ފެށުނު ސީދާ ދަތުރުތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ އެވެ.
ސަލްމާންއަށް ކުރެވުނު "މަރުގެ" ތަޖުރިބާއެއް ހިއްސާ ކޮށްފި
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އެމްޑީޕީ ފަރާތުން މީކާއީލް