ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
ސްޕެއިންގެ ޓޫރިސްޓު މީހާ ގެނބުނު ތަނަކީ "ބްލޫ ބޯލް"ގެ ނަމުގައި ރާޅާއެޅުންތެރިންގެ މެދުގައި މަގުބޫލު ރާޅު ސްޕޮޓެކެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ޓޫރިސްޓަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު، މިއަދުގެ މެންދުރު 12:57 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ގެނބުނު މީހާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި ވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ސްޕެއިންގެ ޓޫރިސްޓު މަރުގެ ހާދިސާ ހިނގާފައިވާއިރު، ރާއްޖޭގައި ޑައިވްކުރަނިކޮށް ދާދި ފަހުން ގެއްލުނު އިޓަލީގެ ޓޫރިސްޓުންތަކެއް ހޯދުމުގެ މަސައްކަތް ވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެ މީހުން ގެއްލިފައި ވަނީ ވ. އަލިމަތާ ރިސޯޓު ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހޮޅައަކަށް ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.
މިހާތަނަށް އޭގެ ތެރެއިން އެކަކު ފެނުނުއިރު، އެ މީހާ އޮތީ މަރުވެފަ އެވެ.
މި އޮޕަރޭޝަންގެ ޑައިވެއްގެ ތެރޭގައި އުޅެނިކޮށް ދިވެހި ސިފައިންގެ މީހަކު ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ މަރު ވެފަ އެވެ.
ޔޫއޭއީގެ ނިއުކްލިއާ ޕްލާންޓް ކައިރިއަށް ޑްރޯން ހަމަލާއެއް
ޓްރަމްޕަށް ފަހު، ޕޫޓިން ވެސް ޗައިނާއަށް ވަޑައިގަންނަވަނީ
ކަސްރަތު ކުރަން ހިތްވަރު ނެތީތަ؟ މިކަންކަން ބަދަލު ކޮށްލާ!