މިއަހަރު ހައްޖަށްދާ ދިވެހީންގެ ފަހު ފްލައިޓް މިއަދު ހެނދުނު ފުރައިފި އެވެ.
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާ އަށްދާ ހުރިހާ ހައްޖުވެރިން މިހާރު ވަނީ ފުރައިފަ އެވެ. ހައްޖުވެރިންގެ ފަހު ފްލައިޓުގައި 253 މީހުން ވަނީ ސައުދީއަށް ގޮސްފަ އެވެ. ހައްޖުވެރިންގެ ފަހު ފްލައިޓު ފުރާފައި ވަނީ މިއަދު ހެނދުނު 9:45 ގަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖަށް މިހާރު ގޮސްފައިވާ ހުރިހާ އެންމެން އުމްރާގެ ކަންކަން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި މިއަދު ފުރާ ހައްޖުވެރިން ވެސް މިއަދު ހަވީރު އުމްރާގެ އަޅުކަން ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ހައްޖުގެ އަޅުކަމަށް މިއަހަރު ރާއްޖެއިން މީހުން ދަތުރުކުރީ ހަތަރު ފްލައިޓުގަ އެވެ. އެއީ، ސައުދީއާގެ ދެ ފްލައިޓްގަ އާއި މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން މިއަހަރު ވެސް ހައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ހައްޖުވެރިންގެ ޗެކިންގެ ހުރިހާ އިންތިޒާމެއް ރާއްޖޭގައި ހަމަޖެހި، ޖިއްދާ އެއާޕޯޓުގައި ގިނަ އިރު ނުވެ މައްކާއަށް ދަތުރު ފެށޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް މިފަހަކަށް އައިސް ކޮންމެ އަހަރަކު ވެސް ލިބެނީ، 1000 ކޯޓާ އެވެ. މިކޯޓާގެ ދަށުން ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުކޮށް ފޮނުވާނެ މީހުން ކަނޑައަޅަނީ ސަރުކާރުންނެވެ.
ހިތަދޫ އުތުރު ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރާނެ: ސޯލިހު
އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ފެނިއްޖެ
އީރާނަށް ދޭން ރޭވި ހަމަލާ ފަސްކުރަން ޓްރަމްޕް ނިންމައިފި