ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުން ފެންނަ ބޮޑުމަހަކީ ދިވެހިންގެ މަސްވެރިކަމުގެ ހަޔާތާއި، ކަނޑުތަކާ އޮތް ގުޅުން ރަމްޒުކޮށްދޭ އެންމެ ވަރުގަދަ ސަގާފީ ކުޅިވަރެވެ.
ނަމަވެސް، މީގެ ވިއްސަކަށް އަހަރު ކުރިއާ އަޅާ ބަލާއިރު، މިއަދު މި ކުޅިވަރު ތައްޔާރުކުރާ ގޮތާއި ދައްކާލާ ގޮތަށް ވަނީ ބޮޑެތި، އަދި ޒަމާނީ ބަދަލުތަކެއް އައިސްފަ އެވެ.
ބޮޑުމަހުގެ ތާރީޚީ އަސްލާއި ފޯކްލޯރު
މި ކުޅިވަރުގެ އަސްލު ގުޅިފައިވަނީ ދިވެހި ގަދީމީ ފޯކްލޯއަކާ އެވެ. ރަށެއްގެ ކައިރިއަށް އާދަޔާހިލާފު ބޮޑު މަހެއް ފުރޮޅެމުން އައިސް، ރަށުގެ މީހުން ބިރުގަންނަވާލުމުން، ރަށުގެ ހުރިހާ މަސްވެރިންނާއި ޒުވާނުން އެކުވެގެން ނުކުމެ، ބޮޑު މަސައްކަތަކުން އެ މަސް ހިފާ ހިފުމެވެ.
މި ހިފުމުގެ ތެރޭގައި މަހުގެ ނިގޫފަތުން ޖަހައި މީހުން ދުރަށް ވިއްސައިގެންދާ މަންޒަރުތައް މަގުމަތީގައި އެކްޓްކޮށް ދައްކުވައިދެއެވެ.
މާޒީގެ އާދަކާދަ
ސައްތައިން ސައްތަ ގުދުރަތީ ތަކެތިމީގެ އަހަރުތަކެއް ކުރިން ބޮޑުމަސް ހެދުމަށް އެއްވެސް ކަހަލަ އާޓިފިޝަލް އެއްޗެއް ބޭނުމެއް ނުކުރެއެވެ. އެއީ މުޅިންވެސް ރަށު ތެރެއިން ލިބޭ ގުދުރަތީ ތަކެއްޗެވެ
މަހުގެ ބޮޑު އޮނިގަނޑު ހަދަނީ އޮނާއި ވަރުގަދަ ގޮފިތަކުންނެވެ. މަހުގެ ބޭރުގަނޑު ވިޔެނީ ފަނުން ނުވަތަ މިދިލި ފަތް ފަދަ ބޮޑެތި ފަތްތައް ބޭނުންކޮށްގެންނެވެ. މަސް ހިފާ ދާ ތައްޔާރުކުރަނީ ރޯނުންނެވެ.
އެ ޒަމާނުގައި މަހުގެ އެތެރެއަށް ވަންނަނީ ރަށުގެ ހަށިގަނޑު ވަރުގަދަ ޒުވާނުންނެވެ. އަދި ބޮޑުބެރުގެ ހަމައަށް މަސް ތެޅެމުންދާއިރު، އެއްވެސް ސައުންޑް ސިސްޓަމެއް ނެތި، އަޑުގެ ނެތްތަނަށް ލަވަކިޔައިގެން މުޅި ރަށް އެއްކޮށްލަ އެވެ.
3. ޒަމާނީ ބަދަލުތައް
މިއަދު ބޮޑުމަސް ނެށުން ވަނީ "ސްޓްރީޓް ތިއޭޓާ" ނުވަތަ ބޮޑު ކޮންސެޕްޓް ޝޯއަކަށް ބަދަލުވެފަ އެވެ. ރަށްރަށުގެ ޒުވާނުން މިހާރު ބޮޑުމަސް ޑިޒައިން ކުރަނީ މަސްތަކެއް ކުރިން ރާވައގެން، އިންޖިނިއަރިންގް ބޭނުން ކޮށްގެންނެވެ.
މިހާރުގެ ބޮޑުމަސްތަކުގެ އެތެރޭގައި ވޯޓަ ޕްރޫފް ލެޑް ބޮކިތައް ހަރުކޮށް، ރޭގަނޑު ދިއްލޭ ގޮތް ހަ ދައެވެ. އަދި މަހުގެ އަނގަޔާއި ފޮޮޮޮޅުން ދުން އަދި ފެން ބޭރުވާނެ ގޮތް ހުރެ އެވެ.
މަސް ހިފަން އުޅޭ މަސްވެރިން މިހާރު ތިބެނީ އެއްގޮތަކަށް ހެދުން އަޅައި، ދުރާލާ ޑާންސް ސްޓެޕްތައް ފަރިތަ ކޮށްގެންނެވެ. މީގެ އިތުރުން ބޮޑުބެރުގެ އިތުރުން ޒަމާނީ ސައުންޑް ސިސްޓަމްތަކުން ބެކްގްރައުންޑް މިއުޒިކާއި ސައުންޑް އިފެކްޓްސް ޖައްސަ އެވެ.
އަދިވެސް ގިނަ ރަށްރަށުން ސަގާފީ ފަންގި ހިފެހެއްޓޭތޯ ބަލައެވެ. ނަމަވެސް ބައެއް ފަހަރު މަހުގެ ބަރުދަން ލުއިކުރުމަށްޓަކައި ޒަމާނީ ފޮތި، ނެޓް، އަދި ސްޕޮންޖު ފަދަ ތަކެތި ބޭނުންކުރެ އެވެ.
ފަހަކަށް އައިސް ބޮޑުމަހުގެ ކުޅިވަރުގެ ތެރެއިން ވަރަށް ރީތި ތިމާވެށީގެ މެސެޖުތައް ފެނެ އެވެ. މަހުގެ ބަނޑުން ޕްލާސްޓިކް ކޮތަޅާއި ފުޅި ނުކުންނަ ގޮތަށް އެކްޓްކޮށް، ކަނޑުތައް ތަޣައްޔަރުވުމުގެ ނުރައްކާތެރިކަން މުޖުތަމައަށް ވިސްނައިދިނުމަށް ޒުވާނުން މިހާރު މި ސަގާފީ ކުޅިވަރު ބޭނުންކުރެ އެވެ.
ބޮޑު މަހަށް އައިސްފައިވާ ބަދަލުތަކުން ދޭހަ ކޮށްދެނީ ދިވެހި ޒުވާނުންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމެވެ. މާޒީގެ ސަގާފީ ރޫހު ނުގެއްލި، ޒަމާނީ ޓެކްނޮލޮޖީއާއެކު ބޮޑުމަސް ކުރިއަރަމުން ދިއުމަކީ ދިވެހި އީދުގެ ދިރުން ކުރިއަށް އޮތް ޖީލުތަކަށްވެސް ފޯރާނެކަމުގެ ހެއްކެކެވެ.
ސަނާއާއި އަނަސް ވެސް ހައްޖުގެ އަޅުކަމުގައި!
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ސަލާމަތް ނުކުރެވޭނެ: ހާމަނާއީ