ގދ. ގައްދޫ ކައިރިއަށް އެން ދަމަން ޑައިވިނަށް ގޮސް އުޅުނު ދިވެހި މަސްވެރިއަކު މިއަދު ނިޔާވެއްޖެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު ފަތިހު 5:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާ ހޯދުމަށް ކުރި މަސައްކަތުން، އޭނާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވަ އެވެ.
މޫދު އަޑިން ފެނުމާ ގުޅިގެން އެ މީހާ ވަނީ ވަގުތުން ގދ. ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފަ އެވެ. ނަމަވެސް، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އެ މީހާ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އުމުރުން 44 އަހަރުގެ އިސްހާގް ރަޝީދެވެ.
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!
ޖީބަށް ލުއި ޗުއްޓީއަކަށް ލޯކަލް ޓޫރިޒަމް ހިޔާރު ކުރަމާ!
ނަފްސާނީ ދުޅަހެޔޮކަން: އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 3 ކަމެއް!