ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި އެވެ.
ޒަކާތު ހައުސްއިން އިއްޔެ މި ފައިސާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް (އެންސްޕާ) ޖަމާކޮށްދީފައި ވަނީ ތެލެސީމިއާ ހުންނަ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ފަރުވާގެ ކަށަވަރުކަން ހޯދައިދިނުމަށް ކުރަމުންދާ ގައުމީ މަސައްކަތްތަކުގެ ތެރެއިންނެވެ.
ޒަކާތު ހައުސްއިން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިފަދަ ބޮޑެތި ފަރުވާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިދިޔަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް އެކަނިވެސް ބޯންމެރޯ ހެދުމަށް 24 މީހަކަށް ޒަކާތު ފަންޑުން އެހީތެރިވެދީފައިވެ އެވެ.
މިއީ ތެލެސީމިއާ ހުންނަ ކުދިންނަށް ދައުލަތުގެ ހަރަދުގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ. މީގެ އިތުރުން ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަށް ސަރުކާރުން އިސްނަގައިގެން މުހިންމު މަސައްކަތްތަކެއް ފަށާފައިވީ ނަމަވެސް، އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް އަދި މިހާތަނަށް ފެށިފައެއް ނުވެ އެވެ.
ތިނަދޫ ސިނާއީ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރައީސް މުއިއްޒު އިސްތިއުފާދެންދެން ސިލްސިލާ މުޒާހަރާތަކެއް ކުރަނީ
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!