ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (ޖަނާބު) މީސްތަކުންގެ ނިޔަތާއި އަޅުކަން ގަބޫލުވުމާމެދު ދެއްކެވި ވާހަކަތަކަކީ އިސްލާމީ މުޖުތަމައެއްގައި ފިތުނަ އުފެދޭނެ ފަދަ ބޮޑާކަމުގެ އަމަލެއްކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވި ގޮތުގައި، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިފަދަ ބަސްތައް ބޭނުންކުރުމަކީ ޒުވާނުންގެ މެދުގައި ދީނާމެދު އޮންނަ ތަސައްވުރު ގޯސްވެ، ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. މީހެއްގެ އަޅުކަން ގަބޫލުވޭތޯ ނުވަތަ ނޫންތޯ ނިންމުމަކީ އިންސާނުންނަށް ލިބިގެންވާ ހައްގެއް ނޫންކަމަށާއި، ނިޔަތް ކަނޑައެޅުމަކީ ހަމައެކަނި الله އަށް ޚާއްސަވެގެންވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ މިއީ ދީނީ ގޮތުން ބަލާއިރު އެއްވެސް މީހަކު ބުނުން އެކަށީގެންވާ ބަސްތަކެއް ނޫންކަމަށެވެ.
މިފަދަ އަމަލުތަކަކީ ނުރައްކާތެރިކަމެއްކަން ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޖަނާބު ވިދާޅުވީ އެމްޑީޕީގެ ބޭފުޅަކު އަލްހަމްދު ކިޔަން ބުންޏަސް ކިޔައިގެން ނުވާނެ ކަމަށާއި ސަބަބަކީ އެ މީހުންގެ ނިޔަތް ގޯސްވާތީ ކަމަށެވެ.
ހިމަބިހި ފެތުރޭތީ ވެކްސިން ޖަހަން ފަށައިފި
އުޒްބެކިސްތާން ބަލިކޮށް ކޮންގޯ ދެވަނަ ބުރަށް
ލޮލުގެ މައްސަލައެއްތަ؟ ނޫނީ ސިކުނޑިން ދޭ އިންޒާރެއްތަ؟
