ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ މޮރޮކޯ އަތުން 2-0 އިން މޮޅުވެ، ފްރާްންސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެެ ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީއެއް މޮރޮކޯގެ ގޯލްކީޕަރު ޔަސީން ބޮނޯ ވަނީ ދިފާއުކޮށްފަ އެވެ.
އެކަމަކު އެމްބާޕޭ ވަނީ މެޗުގެ 60 ވަނަ މިނިޓުގައި ލަނޑެއް ޖަހައި، ފްރާންސަށް ލީޑު ހޯދައިދީފަ އެވެ. އަދި އޭގެ ހަ މިިނިޓު ފަހުން ފްރާންސްގެ ދެވަނަ ލަނޑު ޖެހީ އުސްމާނޭ ޑެމްބެލޭ އެވެ.
މި މެޗުގައި ޖެހި ލަނޑާއެކު، އެމްބާޕޭ ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަ 8 ލަނޑު ހަމަކޮށްފަ އެވެ. އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީވެސް 8 ލަނޑު ޖެހި ނަމަވެސް، އެސިސްޓަށް ބަލާއިރު ރަންބޫޓަށް ވާދަކުރާ ލިސްޓުން ކުރި ލިބެނީ އެމްބާޕޭއަށެވެ.
ފްރާންސް ވަނީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފަ އެވެ. ފްރާންސަކީ މި އަހަރުގެ ވޯލްޑް ކަޕްގެ އެންމެ ބޮޑު ފޭވަރިޓެވެ.
މުބާރާތުގެ ސެމީ ފައިނަލްފައި ފްރާންސް ނުކުންނަނީ ބެލްޖިއަމް ނުވަތަ ސްޕެއިންއާ ދެކޮޅަށެވެ.
ހޫނުގަދަވެ ޖަރުމަނުގައި 5000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ޖާޔާގެ ގުދަނެއްގައި ރޯވެ އަނދަނީ
މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ފޭވަރިޓަކަށް ހާލަންޑް!