ބެލިންގަހަމްގެ ދެ ލަނޑާއެކު ނޯވޭ ބަލިކޮށް އިންގްލެންޑް ސެމީއަށްޖޫޑް ބެލިންގްހަމް ޖެހި ދެ ލަނޑާއެކު ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ނޯވޭ އަތުން ފަހަތުން އަަރައި 2-1 އިން މޮޅުވެ، އިންގްލެންޑް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފުރަތަމަ ފަހަރަށް ކުޅެމުންދިޔަ ނޯވޭ އިން މެޗުގެ 36 ވަނަ މިނިޓުގައި ލީޑު ނެގީ އަންޑްރެއާސް ޝެލްޑެރޫޕް ޖެހި ލަނޑުންނެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބެލިންގްހަމް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން، އިތުރު ވަގުތަށް މެޗު ދިގު ދެމިގެންދިޔަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބެލިންގްހަމް ވަނީ އިތުރު ލަނޑެއް ޖަހައި، އިންގްލެންޑް ކޮޅަށް މެޗު އަނބުރާލައިފަ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އިންގްލްނެޑް މި މެޗުން މޮޅުވީ "ނަސީބު ވެސް ރަނގަޅުކަމުން" ކަމަށެވެ.

"ވަރަށް އުނދަގޫ މެޗަކުން މި މޮޅުވީ. ވަރަށް ރަނގަޅު ނަތީޖާއެއް މިއީ. އެކަމަކު މި މެޗުގެ ކުޅުމާމެދު އަހަރެންއ ހިތްހަމައެއް ނުޖެހޭ،" ޓުޗެލް ބުންޏެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ އާޖެންޓީނާ އެވެ.