ހުޅުމާލެ މާރުކޭޓުގައި ފަޅާފައި ވިއްކަން ބާއްވާފައި އޮތް ކަރައެއް ކާން މީދަލެއް އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، ކާބޯތަކެތީގެ ރައްކާތެރިކަމާމެދު އާންމުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަން ފަށައިފި އެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ އެ މާރުކޭޓަށް ތަކެތި ގަންނަން ދިޔަ އާންމު ރައްޔިތެކެވެ. އޭނާ ފޭސްބުކުގައި މި ވީޑިއޯ ހިއްސާކުރުމަށްފަހު ބުނެފައިވަނީ، ދެން ދުވަހަކުވެސް ހުޅުމާލެ މާރުކޭޓުން އެއްވެސް އެއްޗެއް ނުގަންނާނެ ކަމަށެވެ. މި މަންޒަރު ފެނިފައި ގިނަ ބަޔަކު އަންނަނީ މާރުކޭޓުގެ ސާފުތާހިރުކަމުގެ މިންގަނޑުތަކާމެދު ސުވާލު އުފައްދައި، ކަމާބެހޭ ފަރާތްތަކަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.
މާރުކޭޓުގައި ހާމަޔަށް ކާބޯތަކެތި ބަހައްޓާފައި ހުންނައިރު، މިފަދަ ގޮތަކަށް މީދާ ފަދަ ޖަނަވާރުތައް އެ ތަކެތި ކެއުމަކީ ނުރައްކާތެރި އެތައް ބައްޔެއް ފެތުރިދާނެ ކަމެއް ކަމަށް އާންމުން ދަނީ ބުނަމުންނެވެ. އަދި މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުންނަ ތަކެއްޗަކީ ސިއްހީ ގޮތުން ރައްކާތެރި ތަކެތިކަމުގެ ހުއްދަ ކަމާބެހޭ އިދާރާތަކުން ދެނީ ކޮން މިންގަނޑަކަށް ބިނާކޮށްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދައުރާމެދު އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވޭ ކަމަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި ހުޅުމާލޭގެ މާރުކޭޓަކީ މިހާރުން މިހާރަށް ބަންދުކޮށް، ސިއްހީ ގޮތުން ރައްކާތެރި އަދި ޒަމާނީ ފެންވަރަކަށް އަލުން ތަރައްގީ ކުރެވެންޖެހޭ ތަނެއް ކަމަށް އާންމުން ދަނީ ގޮވާލަމުންނެވެ. ހަމައެއާއެކު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ގޮތަކަށް ވިޔަފާރިކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ އެދެމުންނެވެ.
އެކްސިޑެންޓްވި މީހާ ނިޔާވީ ޓްރެއިލަރު ލޮރީއެއްގެ ދަށުވެގެން
އިނގިރޭސި ވިލާތުގައި އެންމެ މަގުބޫލު ފިރިހެން ނަމަކީ މުހައްމަދު!
ޝައިޚް ޙަމަދުގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް ގަތަރަށް
