ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިހާބު ކުރުމަށް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު، ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ނިމިފައި ނުވާތީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ.
އެލްޖީއޭއިން ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް މި އިންތިހާބު ފަސްކުރަން ނިންމީ އިންތިހާބާ ގުޅުންހުރި މުހިއްމު އިދާރީ އަދި ތައްޔާރީ މަސައްކަތްތައް މުޅިން ނިންމައި ނުލެވޭތީ ކަމަށެވެ. މި އިންތިހާބަކީ އެލްޖީއޭގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބެކެވެ.
މި އިންތިހާބުގައި އެމްޑީޕީ އާއި ޕީއެންސީ އިން ކެންޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރުގެ އިތުރުން ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އާއި ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.
މީގެއިތުރުން ސިޓީ ކައުންސިލްތަކުގެ ތަމްސީލު ކުރާ ގޮނޑިއަށް ކުރިމަތިލައްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަންޏެވެ. އޭނާއާ ވާދަކުރުމަށް އެހެން އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.
މަހުދީގެ މަރުގެ ސެޓްފިކެޓް ބަދަލުނުކޮށްދޭތީ އާއިލާގެ ކަންބޮޑުވުން
ދޮށިމޭނާ ބިލްޑިން ކައިރި އެއްގަމު ތޮށި ސިފައިންނަށް
އިންޑިއާގެ ރިއަލިޓީ ޝޯއެއްގައި ރާއްޖެއަށް ދަތުރެއް ދީފި
