ޔޫނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އޭވިއޭޝަން، ހަކަތަ، އަދި ތައުލީމީ ދާއިރާގެ މުހިންމު ނިޒާމުތަކަށް އަމާޒުކޮށް، ވަރަށް ބޮޑަށް ރޭވިގެން ނުރައްކާތެރި ސައިބާ ހަމަލާތަކެއް ދީފި އެވެ.
އެގައުމުގެ ގައުމީ ސައިބާ ސެކިއުރިޓީ ނިޒާމުތަކުން އެ ހަމަލާތައް ދެނެގަނެ، ހުއްޓުވާފައިވާ ކަމަށް ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލާ ހަވާލާދީ އެމިރޭޓްސް ނިއުސް އެޖެންސީ (ވަމް) އިން ހޯމަ ދުވަހު ވަނީ ރިޕޯޓުކޮށްފަ އެވެ.
ސައިބާ ސެކިއުރިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މި ހަމަލާތައް ދެނެގަނެ، އެކަމަށް ވަގުތުން ވަނީ ފިޔަވަޅު އަޅާފަ އެވެ. އަދި ހަމަލާދިން ފަރާތްތަކުގެ މަގްސަދު ހާސިލުވުމުގެ ކުރިން ނުވަތަ އެގައުމުގެ މުހިންމު ހިދުމަތްތަކާއި ނިޒާމުތަކަށް ބުރޫއެރުމުގެ ކުރިން، ނިޒާމުތަކަށް ވަނުމަށް ކުރި މަސައްކަތްތައް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
ކައުންސިލުން ބުނި ގޮތުގައި، މި ހަމަލާތަކަކީ ތަފާތު އެކި އުކުޅުތައް ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކެކެވެ. މީގެ ތެރޭގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރާއި ނިޒާމުތައް ފޫއަޅުވާލުމަށް ކުރި މަސައްކަތްތަކުގެ އިތުރުން، އެކައުންޓްތަކާއި އޮޕަރޭޝަނަލް ޑޭޓާ ހޯދުމަށް ކުރި މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރުން، ނިޒާމުތަކުގެ ތެރެއަށް ވަނުމަށްޓަކައި މުވައްޒަފުންނަށް ފަރާތްތަކަށް އަމާޒުކޮށް 'ފިޝިންގް' ކެމްޕޭންތައް ހިންގާފައިވާ ކަމަށްވެސް ކައުންސިލުން ފާހަގަކުރި އެވެ.
ނަމަވެސް، ގައުމީ ސައިބާ ސެކިއުރިޓީ ޓީމުތަކުން ވަނީ މި ހަރަކާތްތައް ދެނެގަނެ، ހަމަލާތައް ހުއްޓުވާފަ އެވެ. އަދި މި ނުރައްކާތައް ނައްތާލައި، އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފަންނީ ހުރިހާ ފިޔަވަޅެއް ވަނީ އަޅާފަ އެވެ.
މި ހަމަލާތަކުގެ ފަހަތުގައިވަނީ ކޮން ބައެއްކަން ޔޫއޭއީގެ ސައިބާ ސެކިއުރިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.
ކުޅުދުއްފުށީ 3 ސްކޫލަކަށް ކައުންސިލުން ލައްކައެއް ދެނީ
ހައުސިން މިނިސްޓްރީން އައްޑޫގައި ޕްރޮޖެކްޓް އޮފީހެއް ހަދަނީ
