ސަރުކާރުން ގަނެފައިވާ ތ. ފުނައްޑޫ މަސް ފެކްޓްރީ އަމިއްލަ ބަޔަކާ ހަވާލުކޮށް، މަރާމާތުކޮށްގެން އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ފުނައްޑުއަކީ އަމިއްލަ ކުންފުންޏަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ ލޯނެއް ނުދައްކާތީ ބީއެމްއެލް އިން ވިއްކާލަން އިއުލާނުކޮށްފައި ވަނިކޮށް ސަރުކާރުން ގަނެފައިވާ ތަނެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ވީރާނާވާން ދޫކޮށްލާފައިވާ ފުނައްޑޫ މަސްފެކްޓްރީ އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އަންނަ މަސްވެރިންގެ ދުވަހު އެތަނުން މަސް ގަންނަން ފަށާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ނަމަވެސް އެއީ ކޮން ކުންފުންޏެއްކަން މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިފްކޯގެ ދަށަށް ފުނައްޑޫ ބަދަލުކުރި ނަމަވެސް އެތަން އޮޕަރޭޝަނަށް ނުގެނެވި ދިޔައީ ބޮޑު ހަރަދެއްދާނެތީ އެވެ. އެގޮތުން 2022 ވަނަ އަހަރު އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަޖިލީހުގައި ވިދާޅުވެފައި ވަނީ އެ ފެކްޓްރީ އަލުން ހުޅުވުމަށް 10.2 މިލިއަން ޑޮލަރު (157.3 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.
10 ދުވަސް ތެރޭ ޑޮލަރުގެ އަގު 19ރ. އަށް ތިރިކުރަން ގޮވާލައްވައިފި
އެމްޑީޕީން ބުނީ މުޒާހަރާކުރާނީ މަޖީދީ މަގުގައި ކަމަށް
"ޓެރިފް ކަނޑާލުމުން މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ"