ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން އުމުރުން 45 އަހަރުގައި ތިންވަނަ ކުއްޖަކަށް ބަލިވެ އިން ކަމަށް ބުނެ ހަބަރުތައް ފެތުރެން ފަށައިފި އެވެ.
މި ހަބަރުތަކުގެ އަޑު ގަދަ ވެފައިވަނީ ދާދި ފަހުން ބޭރު ތެރެއިން ކަރީނާ ފެނުނުއިރު އޭނާގެ ބަނޑު، ބޭބީ ބަމްޕްއެއް ފަދައިން ކޮންމެވެސް ވަރަކަށް ނުކުމެފައި ހުރިކަން ބެލުންތެރިންނަށް ފާހަގަ ވުމުންނެވެ.
މި ވީޑިއޯއަށްފަހު އިންސްޓަގްރާމާއި އެކި ޕްލެޓްފޯމްތަކުގައި ފޭނުން ވަނީ އެކި ކަހަލަ ކޮމެންޓްތައް ކޮށްފަ އެވެ. ބައެއް މީހުން އުފާ ފާޅުކުރަމުން ދިޔައިރު، އަނެއް ބައި މީހުން ބުނަމުންދަނީ މިއީ ހަމައެކަނި ހެދުން ހުރި ގޮތުން ނުވަތަ ފޮޓޯ ނެގިފައި ހުރި ގޮތުން ފެންނަ މަންޒަރެއް ކަމަށެވެ.
ކަރީނާ އާއި އޭނާގެ ފިރިމީހާ ސައިފް އަލީ ހާނަށް މިހާރު ވެސް ދެ ފިރިހެން ކުދިން ކަމަށްވާ ތައިމޫރު އަދި ޖެހަންގީރު ލިބިފައިވެ އެވެ.
ތިންވަނަ ދަރިފުޅަށް ކަރީނާ ބަލިވެ އިން ކަމަށް އަޑުތައް ފެތުރުނު ނަމަވެސް އެ ހަބަރުތަކުގައި އެއްވެސް ހަގީގަތެއް ނުވާ ކަމަށް ކަރީނާގެ ރަސްމީ ޓީމުން ވަނީ މީޑިއާއަށް ކަށަވަރު ކޮށްދީފަ އެވެ.
ބްރިޖް މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލައިފި
އާ ބަދަލުތަކަކާއެކު ޑިޒްނީގެ ތީމް ޕާކްތަކަށް މުޅިން އާ ރަހައެއް!
ވެސްޓް ބޭންކް އިޒްރޭލުގެ ތަނަކަށް ހެދުމާ އެމެެރިކާ ދެކޮޅު