ކޮމޕިއުޓަރެއް ނުވަތަ ފޯނެއް ބޭނުންކުރާއިރު، ކީބޯޑުގައި އަކުރުތައް ހުންނަނީ ލެޓިން އަކުރުގެ ތަރުތީބުން ނޫންކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ފާހަގަ ވެފައިވާނެ އެވެ.
އާންމުކޮށް ކީބޯޑުގެ މަތީ ބަރީގައި ހުންނަނީ 'ކިއު-ޑަބްލިއު-އީ-އާރް-ޓީ-ވައި' (QWERTY) ކަމަށްވާތީ، މިއީ ކީއްވެގެން ބަދަލު ކޮށްފައިވާ ތަރުތީބެއްތޯ ސުވާލު އުފެދެ އެވެ.
މިގޮތަށް ކީބޯޑު ތަރުތީ ބުކޮށްފައިވަނީ 19 ވަނަ ޤަރުނުގެ ތެރޭގައި ޓައިޕްރައިޓަރު އުފެއްދި ދުވަސްވަރުގަ އެވެ.
ފުރަތަމަ އުފެއްދި ޓައިޕްރައިޓަރުތަކުގައި އަކުރުތައް ހުރީ އޭ-ބީ-ސީ ތަރުތީބަށެވެ.
ނަމަވެސް، އެގޮތަށް ހުރުމުން އަވަހަށް ޓައިޕް ކުރާއިރު، އަކުރުތައް ޖެހުމަށް ބޭނުންކުރާ "ޓައިޕް ބާ"ތައް އެކަތި އަނެކަތީގައި ޖެހި ތާށިވެ އެވެ.
މި މައްސަލަ ހައްލު ކުރުމަށްޓަކައި ކްރިސްޓޮފާ ލެތަމް ޝޯލްސް ވަނީ 1873 ވަނަ އަހަރު 'ކިއު-ޑަބްލިއު-އީ-އާރް-ޓީ-ވައި' (QWERTY) ކީބޯޑު ފަރުމާ ކޮށްފަ އެވެ.
މި ތަރުތީބުގެ ބޭނުމަކީ ގިނައިން އެކުގައި ބޭނުންކުރާ އަކުރުތައް ދުރުދުރުގައި ބަހައްޓައިގެން ޓައިޕް ކުރާއިރު ޓައިޕްރައިޓަރު ތާށިވުން ހުއްޓުވުމެވެ.
ފަހުން ޑިޖިޓަލް ޒަމާނަށް ކޮމްޕިއުޓަރާއި ފޯނުތައް އައިއިރު މެކޭނިކަލް ތާށިވުމުގެ މައްސަލަ ނެތް ނަމަވެސް، މީހުންނަށް މި ތަރުތީބު އާދަވެފައި ހުރުމާއި، މިކަމުގެ ސަބަބުން ވަރަށް އަވަހަށް ޓައިޕް ކުރެވޭތީ މިއަދާ ހަމައަށްވެސް މުޅި ދުނިޔޭގައި ބޭނުން ކުރަމުން އަންނަނީ މި ކިއު-ޑަބްލިއު-އީ-އާރް-ޓީ-ވައި (QWERTY) ނިޒާމެވެ.
ކޮލެސްޓްރޯލް ދަށްކޮށްގެން ހާޓްއެޓޭކްގެ ނުރައްކާ ކުޑަ ކުރެވޭނެތަ؟
10 އަހަރު ފަހުން "ބޭބީ ޝާކް ބޯއީ"ގެ ފެނިލުމެއް!
ފްލައި ޑުބާއީ އާއި ބިޔޯންޑް އިމަޖެންސީގައި ޖައްސައިފި