ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އެ ދާއިރާއާ ނުގުޅޭ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް މިއަދު ރައީސް އައްޔަން ކުރެއްވީ ޝުއައިބު ޔޫސުފް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޝުއައިބު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ޝުއައިބު ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ޝުއައިބަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުއައިބާ ހަވާލުކުރައްވާފަ އެވެ.

ޝުއައިބުގެ ތައުލީމާއި ތަޖުރިބާގެ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއްނުވެ އެވެ.