ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އިތުރު ތިން ސްޕެޝަލިޓީއަކުން މިއަދު ފަރުވާ ދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނޑާއި ގޮހޮރުގެ ބަލިތަކާއި، ނާރުގެ ބަލިތައް އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ފަރުވާގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.
ހެލްތު މިނިސްޓްރީން ފާހަގަކުރި ގޮތުގައި އަލަށް ފެށި މި ހިދުމަތްތަކާއެކު ސްޕެޝަލިސްޓް ފަރުވާ ހޯދުމުގައި އާންމު ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ހުޅުމާލޭގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުންދާތީ، އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ ހަމައެކަނި ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ކުރިން މަދު ފަރުވާތަކެއް ލިބެން ހުރުމުން އާންމުންގެ ޝަކުވާތައް އަބަދުވެސް ބޮޑެވެ.
އެގޮތުން މި ފަހުން އެ ހޮސްޕިޓަލުގައި އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކާއި ލޮލުގެ ފަރުވާތައް ފުޅާކޮށްފައިވާއިރު، ޖާގައިގެ ދަތިކަން ހައްލުކުރުމަށް އާ ވޯޑުތައް ހެދުމާއި، އިމަޖެންސީ ރޫމުގެ އިތުރުން ޑައިލިސިސް ސެންޓަރު ބޮޑުކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް
އާ ކަލެކްޝަންއާއެކު "ހައުސް އޮފް ނަދާ"އަށް ކޮޕީރައިޓްގެ ތުހުމަތު!
ވެނެޒުއޭލާގެ ތެލުގެ ބޮޑު ބައެއް އެމެރިކާއަށް ލިބޭ އެއްބަސްވުމެއް