ރާއްޖޭގައި ބުޅަލަށް ހާއްސަ ރަށެއް ނުވަތަ "ކެޓް އައިލެންޑް" ތަރައްގީކުރުމަށް ސަރުކާރުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި، އެފަދަ ރަށެއް ތަރައްގީކުރުމަށް ބައިނަލްއަގުވާމީ ފަރާތަކުން ހުށަހަޅާފައިވާ ޕްރޮޕޯޒަލް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ދުނިޔޭގައި ބުޅަލަށް ޝައުގުވެރިވާ ބޮޑު ކޮމިއުނިޓީއެއް އޮންނައިރު، ރާއްޖެފަދަ ގައުމެއްގައި ޒަމާނީ ހިދުމަތްތަކާއެކު ބުޅަލަށް ހާއްސަ ރަށެއް ގާއިމުކުރުމުން ބޭރުގެ ފަރާތްތަކުގެ ބޮޑު ޝައުގުވެރިކަމެއް އެކަމަށް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަކޮށް ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "އޮޅުހިޔާ"ގައި މިވަގުތު 281 ބުޅާ ގެންގުޅެމުން ދާއިރު، އޭގެ ތެރެއިން 35 ބުޅަލަކީ މިދިޔަ މަހު ގެނައި ބުޅާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އަދި އެތަނުގެ ކެޕޭސިޓީ އިތުރުކޮށް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތް ނިމުމުން 500 ބުޅަލަށް ޖާގަ އިތުރުވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިހާރު ވެސް މާލެ ތެރޭގައި ބުޅާ ގިނަވެ، ބުޅަލުގެ އެތައް އުނދަގުލެއް ކުރިމަތިވާ ކަމުގެ ޝަކުވާ ބޮޑެވެ.
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި ކުއްޖާ މަރު
ކުރީގެ ލޯބިވެރިޔާ ޓޭލާގެ ކައިވެންޏަށް ހެރީ ޖޯކު ޖެހީތަ؟
އެމްޓީޑީސީގެ ހިއްސާއަކަށް މިފަަހަރު ވެސް 60 ލާރި