ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބު ބައްޗަންއާއި ސައިފް އަލީ ހާންއާ ދެމެދު އާއިލީ ގޮތުން ޚާއްސަ ގުޅުމެއްވާކަން އަމީތާބް ހާމަކޮށްފި އެވެ.
މަޝްހޫރު ގޭމް ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގެ ކުރިއަށް އޮތް އެޕިސޯޑެއްގައި އޭނާ މިކަން ހާމަ ކޮށްފައިވަނީ، ޝޯގެ ހާއްސަ މެހެމާނުންގެ ގޮތުގައި ސައިފް އާއި އެކްޝޭ ކުމާރު ބައިވެރި ވުމުންނެވެ.
ޝޯގެ ތެރެއިން ދެއްކި މަޖާ ވާހަކަތަކެއްގެ ތެރެއިން، އަމީތާބް ވަނީ ސައިފް އާއި އޭނާއާ ދެމެދު އޮތް އާއިލީ ގުޅުމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އެގޮތުން، މަޝްހޫރު ތަރި ރާޖް ކަޕޫރުގެ އާއިލާއާ މެދު އޮތް ގުޅުން އޭނާ ކިޔައިދިނެވެ.
"ގިނަ މީހުންނަކަށް ނޭނގޭނެ މިމީހުންނަކީ އަހަރެމެންގެ އާއިލީ ގުޅުމެއްވާ ބައެއްކަން. ރާޖް ކަޕޫރުގެ ދަރިކަނބަލުން ރިތޫގެ ދަރިފުޅު ނިޚިލް ކައިވެނިކޮށްގެން އުޅެނީ އަހަރެންގެ އަންހެން ދަރިފުޅާ" އަމީތާބު ބުންޏެވެ.
ސައިފްގެ އަންހެނުން ކަރީނާ ކަޕޫރު ހާންގެ ވާހަކަވެސް އަމީތާބް ގެނަ އެވެ. ކަރީނާއަކީ ރާޖް ކަޕޫރުގެ ކާފަ ދަރި އެކެވެ. އެހެންކަމުން، މި އާއިލީ ގުޅުމުގެ ސަބަބުން ކަރީނާއަށް މުހާތަބު ކުރާނީ ކޮން ނަމަކުންތޯ އަދި ކަރީނާ އޭނާއަށް ކިޔާނީ ކީކޭތޯ އަމީތާބް މަޖާ ގޮތަކަށް ސުވާލުކުރި އެވެ.
އަމީތާބާއި ސައިފް މީގެ ކުރިން "އެކްލަވްޔާ: ދަ ރޯޔަލް ގާޑް" (2007) އަދި "އާރަކްޝަން" (2011) ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައިވެ އެވެ. އަދި މިހާރު ސައިފް
ކެންސަރު ރަނގަޅު ވުމަށްފަހު ވެސް ނުރައްކާ މުޅިން ނުފިލާ ސަބަބު!
މެތިއުގެ ހަޔާތުގެ މައްޗަށް ހަދާ ޑޮކިއުމެންޓްރީ އޮކްޓޯބަރު މަހު!