ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ ދަނޑިވަޅެއްގައި، މާލެ ސިޓީ ކައުންސިލުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް ނާކާމިޔާބުވި، އައިޝަތު ނިޒްލީ ރަޝީދަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު މަގާމެއް ދީފި އެވެ.
މިދިޔަ މަހުގެ ފަހުކޮޅު ނިޒްލީއަށް ދީފައިވާ ވަޒީފާ އަކީ އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމެވެ. އެ މަގާމުގެ މޫސާރަ 40،000އަށްވުރެ ބޮޑެވެ.
މީގެ ކުރިން 2021 ވަނަ އަހަރު ބޭއްވި މާލެ ސިޓީ ކައުންސިލް އިންތިހާބުގައި ނިޒްލީ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގަ އެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ތެރޭގައި އޭނާ ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފަށާފައިވާ މި ދަނޑިވަޅުގައި ވެސް ސަރުކާރުން ބޭނުންވާ ބަޔަކަށް އަންނަނީ ވަޒީފާތައް ދެމުންނެވެ.
މިދިޔަ ހަފުތާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ކުންފުނިތަކުން 6,000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މިހާރު ގިނަ މުވައްޒަފުންތަކެއް ވަކިކުރަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާދިނުމަށް ޖާގަތަކެއް ހުސްކުރަން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ބޫޓާއި ފައިވާނުގެ ސަބަބުން ކަކުލުގެ މައްސަލަތަކަށް މަގުފަހި ވޭތަ؟
ގެއްލުންހުރި ބާވަތްތައް އިސްތިހާރު ނުކުރަން ބޮލީވުޑަށް ގޮވާލައިފި
ޔޫއޭއީން އީރާނުގެ އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލައިފި

ކިހާ ތާހިރު ރައްރަށުގެ ތިބި ނިކަމަތި ރައްޔިތުން ވަޒީފާއިން ވަކިކޮށް އޭގެ ހައެއްކަ މީހުންގެ މުސާރަ އާއި އެއްވަރުގެ ބޮޑު މުސާރައެއްގައި ކައިރީގެ ތެޅޭ މީހުންނަށް ވަޒީފާ ތިދެނީ
މިމީސް މީހުން ރައްޔިތުން ނުހޮވީމާ މިޢައްޔަނު ކުރަނީ 40 ހާހަށް ވުރެ ބޮޑެތި މަގާމަށް. ބަދަލުގައި މިވަކިކުރަނީ އަތޮޅު ތެރެއިން 5ހާސް 6 ހާސް ލިބޭ ކުދިން. އިންސާފު ސަދޫމަށް ވުރެ މަތީގައި.