ވިއެޓްނާމުގައި ކުރިއަށްދާ 73 ވަނަ "މިސް ވޯލްޑް" މުބާރާތުގައި ރާއްޖެ ތަމްސީލުކުރި މަރިޔަމް އީމާ މުހައްމަދު މުބާރާތުގެ ފައިނަލަށް ނުހޮވި ވަކިވާން ޖެހިއްޖެ އެވެ.
މިއީ މިފަދަ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ގްރޭންޑް ފިނާލޭ ކުރިއަށް ދަނީ މިއަދު އެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން 111 ބައިވެރިން ވާދަކުރި އެވެ. އުމުރުން 23 އަހަރުގެ އީމާ މުބާރާތުން ވަކިވާން ޖެހުނީ ގަދަ 40 ބައިވެރިންގެ ތެރޭގައި ހިމެނޭ ގޮތް ނުވުމުންނެވެ.
ފައިނަލާ ހަމައަށް ވާސިލް ނުވެވުނު ނަމަވެސް، މުބާރާތުގެ ކުރީގެ މަރުހަލާތަކުގައި އީމާ ވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފަ އެވެ.
އެގޮތުން، މުބާރާތުގެ ހެޑް-ޓު-ހެޑް ޗެލެންޖުގައި ވާދަކޮށް، އޭޝިއާ އަދި އޯޝޭނިއާ ބައްރުގެ އެންމެ މޮޅު 20 ބައިވެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ.
އީމާ މިސް ވޯލްޑްގައި ރާއްޖެ ތަމްސީލު ކުރުމުން ގިނަ ބަޔަކު ދަނީ އެކަމަށް ތައުރީފު ކުރަމުންނެވެ. ރާއްޖޭގެ ސަގާފަތް މުޅި ދުނިޔެއަށް ދައްކާލުމަށް އީމާ ލިބާހުގައި ހުށަހަޅައިދިން ހުށަހެޅުމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.
އަހަރެންގެ ހަޔާތުގެ ވާހަކަތައް އަހަންނާއެކު ވަޅުލެވޭނެ: ސަލްމާން
ޓްރަމްޕަށް ތާއީދު ގެއްލި ގިނަ ރައްޔިތުން ބޭނުންވަނީ ބަދަލު: ޕޯލް
ޔޫއޭއީން ދޫކޮށްލި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނެސްފި