ބޮލީވުޑްގެ ތަރިން ކަމަށްވާ އަކްޝޭ ކުމާރުއާއި ޝިލްޕާ ޝެޓީގެ ގުޅުން އެއް ދުވަސްވަރެއްގައި ވަރަށް ބަދަހިވެ، އެ ދެމީހުން ކައިވެންޏާ ހަމައަށް ވެސް ދާން އުޅުނު ކަމަށް މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސުނިލް ދަރްޝަން ހާމަކޮށްފި އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި 1999 ވަނަ އަހަރު ރިލީޒۡކުރި ކާމިޔާބު ފިލްމު "ޖާންވަރް"ގެ ޑައިރެކްޓަރު ސުނިލް ވަނީ އެ ދުވަސްވަރު އަކްޝޭގެ ކެރިއަރަށް އައި ހީނަރުކަމާއި، އޭނާގެ ލޯބީގެ ޙަޔާތާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ.
އޭނާ ބުނިގޮތުގައި، އެ ދުވަސްވަރު އަކްޝޭއާއި ޝިލްޕާގެ ލޯބީގެ ގުޅުން ވަރަށް ވަރުގަދަ އެވެ. އެ ގޮތުން އެ ދެމީހުން ކައިވެނި ކުރަން އުޅޭ ކަމަށް އޭނާއަށް ވެސް ގަބޫލު ކުރެވުނު ކަމަށާއި، ނަމަވެސް ފަހުން އުފެދުނު ބައެއް ނުތަނަވަސްކަމާއި ނުރުތުންތަކެއްގެ ސަބަބުން އެ ގުޅުން ކެނޑިގެންދިޔައީ ކަމަށް އޭނާ ކިޔައިދިނެވެ.
އެ ދުވަސްވަރު އަކްޝޭގެ ފިލްމުތައް ބޮކްސް އޮފީހުގައި ނުވިކި، ކެރިއަރު އޮތީ ނުރައްކާތަކެއްގެ ތެރޭގައި ކަމަށްވީ ނަމަވެސް، 1999 ވަނަ އަހަރު ރިލީޒްކުރި "ޖާންވަރް" ފިލްމުގެ ކާމިޔާބީއާއެކު އޭނާއަށް ކުރިއެރުން ލިބިގެންދިޔަ ކަމަށް ސުނިލް ފާހަގަކުރި އެވެ. މި
ފިލްމަށްފަހު "ހެރާ ފޭރީ" އަދި "ދަޅްކަން" ފަދަ ހުއްޓިފައިހުރި ބޮޑެތި ފިލްމުތައް ވެސް ނެރެވޭ ގޮތްވެ، އަކްޝޭގެ ކެރިއަރަށް ފަސްބަ ލަން ނުޖެހޭފަދަ ބޮޑު ކުރިއެރުމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.
އަކްޝޭ ފަހުން ޓްވިންކަލް ކަންނާއާ ކައިވެނި ކޮށްފައިވާއިރު, އެ މީހުންގެ ކައިވެންޏަށް މިހާރު ވަނީ ގިނަ އަހަރުތަކެއް ވެފައެވެ. ޝިލްޕާ ކައިވެނިކުރީ ވިޔަފާރިވެރިޔާ ރާޖް ކުންދްރާއާ އެވެ.
ސްޓެލްކޯގެ ފޯނުކޯލު މައްސަލައިގައި މީޑިއާ ކޮމިޝަންގެ އިލްތިމާސް
އީރާނަށް ހަމަލާދޭނަމަ ރައްދު ވަރުގަދަވާނެ ކަމުގެ އިންޒާރު
"ހެރީ ޕޮޓާ ރީބޫޓް"ގެ ފުރަތަމަ ޓްރެއިލާއިން ތަފާތު ކަންތައްތަކެއް!