ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ ދަށުން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ އަންނަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ފަހުން ބާތިލުކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އަންގައިފި އެވެ.
އެމްއެމްބީސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ތަންތަން، އާ ގަވާއިދުގެ ދަށުން ހަ މަސްދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީކޮށް ރެކޯޑުތައް އަދާހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ދީފައިވާ އެންމެ ފަހު މުއްދަތު އޮކްޓޫބަރު 27 އަށް ހަމަވާއިރު، ރީ-ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ރަޖިސްޓްރީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އުވާލެވޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީ ކުރަމުން ދިޔައީ ޔޫތު މިނިސްޓްރީގަ އެވެ.
ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާއެކު، ނޫސް މަޖައްލާތައް ރަޖިސްޓްރީކުރުމާއި ދަފްތަރު ބެލެހެއްޓުމުގެ މުޅި މަސްއޫލިއްޔަތު މިހާރު ވަނީ އެ ކޮމިޝަނާ ހަވާލުކޮށްފަ އެވެ.
ހިޓާޗީގެ ހިއްސާއާއެކު އިންވެސްޓްމަންޓްތަކަށް ދަތިވޭ: ފަހުމީ
ރައީސްގެ ބޮޑު މަޝްރޫއެއް: ރަށްރަށުގައި ނަސޭހަތުގެ ބޯޑު ހަރުކުރަނީ