ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑު ކަމަށްވާ ދީޕިކާ ޕަދުކޯންއާއި ރަންވީރު ސިންގް، އެމީހުންގެ ދެވަނަ ދަރިފުޅަށް އިންތިޒާ ރުކުރަމުން އަންނަ ދުވަސްވަރުގެ ވަރަށް ހިތްގައިމު މެޓާނިޓީ ފޮޓޯޝޫޓެއް އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ.

މި ފޮޓޯތަކުގެ އެންމެ ހާއްސަ ކަމަކަށްވީ، އެމީހުންގެ ފުރަތަމަ ދަރިފުޅު ދުއާ ޕަދުކޯން ސިންގްވެސް މި ފޮޓޯތަކުން ފެނިގެން ދިއުމެވެ. ރަންވީރާއި ދީޕިކާއާއެކު ހުރި ދުއާގެ ކުދިކުދި ހަރަކާތްތަކާއި ހިނިތުންވުން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.

އިންސްޓަގްރާމްގައި ދީޕިކާއާއި ރަންވީރު ގުޅިގެން ހިއްސާކުރި މި ފޮޓޯތަކުން ދީޕިކާ ވިހަން ތައްޔާރު ވެފައި އިންކަން އެނގެ އެވެ.

https://www.instagram.com/p/DdB12M_iG3g/?utm_source=ig_embed&ig_rid=ADpYgyk-XqxFm4LkWdblT35

މި ފޮޓޯތައް ހިއްސާ ކުރަމުން ރަންވީރު ލިޔެފައިވަނީ އާއިލާ ބޮޑުވަމުން އަންނަ ކަމަށާއި އެންމެންގެ ލޯތްބާއި ހެޔޮ ދުއާތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. މި ފޮޓޯތަކާއެކު ގިނަ އަދަދެއްގެ އާއްމުންނާއި ފަންނާނުން ވަނީ މި އާއިލާއަށް މަރުޙަބާ ކިޔާފަ އެވެ.

ދެވަނަ ކުއްޖަކަށް ދީޕިކާ ބަލިވެ އިންކަން އާއްމުކޮށް އިއުލާން ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު އެވެ. އެގޮތުން ޕޮޒިޓިވް ޕްރެގްނެންސީ ޓެސްޓަޓެއް ފެންނަ ފޮޓޯއެއްވެސް މީގެ ކުރިން އެމީހުން ހިއްސާކޮށްފައިވެ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި މި މަޝްހޫރު ޖޯޑަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ދުއާ ލިބުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މި އާ ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ދުއާ އަކީ ބައްޕަ ރަންވީރު ސިންގްގެ ސިފަތައް ލިބިފައިވާ "ކުޑަ ރަންވީރެއް" ކަމަށް ބުނެ ހިޔާލު ފާޅު ކުރަމުންނެވެ.