ޕީއެންސީއަށް ނުވަދެފިނަމަ ވަޒީފާއިން ވަކިކިރާ ލިސްޓަށް ނަން އަރާނެ ކަމަށް ބުނެ އެމްޕީއެލްގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަން ފަށައިފި އެވެ.
އެމްޕީއެލްގެ ބައެއް މުވައްޒަފުން ކިޔައިދިންގޮތުގައި އެ މީހުންނަށް އަންގާފައި ވަނީ އިސްވެރިއެއްގެ ކުރިމަތީގައި އީފާސް އަށް ވަދެ ޕީއެންސީއަށް ވަނުމަށެވެ. އަދި ޕީއެންސީއަށް ވަނުމަށް އިންކާރުކޮށްފިނަމަ، ވަޒީފާއިން ވަކިކުރާ ލިސްޓަށް ނަން އަރާނެ ކަމަށް އަންގާފައިވާ ކަމަށް ވެސް އެ މުވައްޒަފުން ކިޔައިދިނެވެ.
"އަޅުގަނޑުމެންނަށް އަންގާފައި ވަނީ އިސްވެރިއެއްގެ ކުރިމަތީގައި އީފާސް މެދުވެރިކޮށް ޕީއެންސީއަށް ވަންނަން. އެކަމަށް އިންކާރުކޮށްފިނަމަ ޕީސީބީގެ އެންގުމުގެ ދަށުން ވަޒީފާއިން ވަކިކުރާ ލިސްޓަށް ނަން އަރާނެ ކަމަށް ވަނީ އަންގާފައި،" އޭނާ ކިޔައިދިނެވެ.
ވަޒީފާގެ އިންޒާރުދިން މުވައްޒަފުންގެ ތެރޭގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަކަށް އެ ކުންފުންޏަށް ހިދުމަތްކުރަމުން އަންނަ މުވައްޒަފުން ވެސް ހިމެނެ އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް ވެސް ޕީއެންސީއަށް ވަނުމަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކާކަން ވަނީ ފަޅާއަރާފަ އެވެ.
އެމްޕީއެލްގެ ޑީއެމްޑީ މުހައްމަދު ލަމްއާން އަކީ ޕީއެންސީގެ ސެނެޓް މެންބަރެކެވެ.
މާ ހޫނުކޮށް ސައި ނުވަތަ ކޮފީ ބޯނަމަ ކެންސަރުގެ ނުރައްކާ ބޮޑުވޭ!
މޯބައިލް އެޕް މެދުވެރިކޮށް ވޯޓުލާން ނިންމުމުން ކަންބޮޑުވުން
