ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ، މިއީ މީގެ ކުރިން ރާއްޖެއަށް ވަދެފައިވާ އާމްދަނީއެއް ނޫން ކަމަށާއި، ވަކި ބަނދަރެއް ވެސް ނެތި މިފަދަ ބޮޑު އާމްދަނީއެއް ލިބުމަކީ އިގްތިސާދީ ގޮތުން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ހިދުމަތުން ލިބޭ އާމްދަނީ މިއަށްވުރެ ވެސް މަތިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބަންކަރިން ހިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ކުރިން ވިދާޅުވި ވާހަކައާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، އެއީ ޕާޓީގެ ޕޯޑިއަމްގައި ދެއްކެވި، ހާސިލުކުރަން ކަނޑައެޅި އަމާޒެއް ކަމަށެވެ. އަދި ސީދާ އެ އަދަދަށް އާމްދަނީ ލިބޭނެ ކަމަށް އެއްވެސް އިރެއްގައި ވިދާޅުވެފައި ނުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެ އަމާޒުތައް ހާސިލުވާނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގައި ބޭރުގެ ބޮޑެތި އުޅަންދުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ބަންކަރިން ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 19 ސެޕްޓެމްބަރު 2024 ގަ އެވެ. އެސްޓީއޯ އާއި އެމްޕީއެލް އަދި ބައިނަލްއަގްވާމީ ވިޓޯލް ގްރޫޕާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މެއިންޓެނެންސް އާއި ކްރޫ ޗޭންޖު ފަދަ އިތުރު ހިދުމަތްތަކާއެކު ހާއްސަ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ރާވާފަ އެވެ. މިހާރު މި ހިދުމަތް ދެމުންދަނީ އެސްޓީއޯގެ ބަންކަރު ބޯޓުތައް އެކި ސަރަހައްދުތަކުގައި ބާއްވައިގެންނެވެ.
އެމްޑީޕީ ވެރިކަމެއްގައި ކައުންސިލް ބްލޮކް ގްރާންޓް ބޮޑުކުރަނީ
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މާރިޔާ އައްޔަންކުރައްވައިފި
"މާލޭ ފަރަށް ލިބުނު ގެއްލުން ބެލުން ލަސްވަނީ މޫސުން ގޯސްވުމުން"
ބަންކަރިން ހިދުމަތުން ލިބުނީ 282 މިލިއަން ރުފިޔާ: ސައީދު
ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފަށައިފި