އިންޑިއާގެ ކޮޗިންއިން ރާއްޖެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދަތުރު ނުކުރެވި ތާށިވި ދިވެހި ފަސިންޖަރުން، އެ މައްސަލަ ހައްލުކުރުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެ ގެނެސްދީފި އެވެ.
މި މައްސަލަ ދިމާވީ އިއްޔެ ކޮޗިންއިން މާލެއަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ގައުމީ އެއާލައިންގެ އެއާބަސް އޭ 320 މަރުކާގެ މަތިންދާބޯޓަށެވެ. މަތިންދާބޯޓަށް ދިމާވި ސީދާ ޓެކްނިކަލް މައްސަލައިގެ ތަފުސީލެއް މޯލްޑިވިއަނުން ހާމަކޮށްފައެއް ނުވެ އެވެ.
މޯލްޑިވިއަނުން ބުނިގޮތުގައި އިއްޔެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އޮތް ފްލައިޓް ޑިލޭވާން ޖެހުނު ނަމަވެސް، އެ ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް މިއަދު މެންދުރުފަހު ވަނީ ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެސްދީފަ އެވެ.
އިންޑިއާގެ ކޮޗިންއަކީ ސިއްހީ ފަރުވާއަށާއި ވިޔަފާރީގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. މޯލްޑިވިއަނުން ކޮޗިންއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ރާއްޖެއާއި ކޮޗިންއާ ދެމެދު ސީދާ ފްލައިޓްތައް އޮޕަރޭޓް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން އިންޑިއާގެ އިންޑިގޯ އެއާލައިނުންނެވެ.
ސައުދީ އާއި ހޫތީންގެ ހަމަލާތަކާއެކު ހަނގުރާމަ ފުޅާވަނީ
ހޫތީން ތާއިފަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ
