ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް ކަމަށްވާ "1456" މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް, އިންފޮމޭޝަން އެންޑް އާޓްސްއިން ތައާރަފުކޮށްފި އެވެ.
ޔޫތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ހޮޓްލައިންގެ މައިގަނޑު ބޭނުމަކީ ކޮންމެ ޒުވާނަކަށް ވެސް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކައުންސިލިންއާއި، ނަފްސާނީ ސިއްހަތުގެ އެހީތެރިކަން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ. އެގޮތުން މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތާއި، ނަފްސާނީ ކުއްލި އެހީތެރިކަމުގެ އިތުރުން ސިއްހީ ސްކްރީނިން ހިދުމަތްތައް ލިބިގެންދާނެއެވެ.
މީގެ އިތުރުން ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހިދުމަތްތައް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އާ ދެމެދު އެ ނަމްބަރަށް ގުޅައިގެން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ހެލްޕްލައިނެއް ގާއިމުކުރިއިރު، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ދެމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.
އާމިރުގެ ތަފާތު ފެނިލުމަކާއެކު ސަޕޯޓަރުންގެ ތައުރީފު އޮހެނީ!
"ސީކިން ކަނޑު"ން ލުޔޫނާ ދޭ ފުން މެސެޖު
އޭޑީކޭ ހޮސްޕިޓަލުގެ ޑީއެމްޑީގެ މަގާމަށް ޑރ. އަދީލް ޝަރީފް