ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ ރަންވީރު ސިންހްއާއި ދީޕިކާ ޕަދުކޯންއަށް އެމީހުންގެ ދެވަނަ ދަރިފުޅު ލިބިއްޖެ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ދީޕިކާ ވަނީ މި އުފާވެރި ހަބަރު އާންމުންނާ ހިއްސާކޮށްފަ އެވެ. އެ ޕޯސްޓުގައި ކުޑަކުއްޖެއްގެ ފައިގެ ނިޝާނާއެކު ރަންވީރު، ދީޕިކާ އަދި އެމީހުންގެ ދޮށީ ދަރިފުޅު ދުއާގެ ނަން ލިޔެފައިވެ އެވެ.
އެ ޕޯސްޓުގައިވާ ގޮތުން މިފަހަރު ވެސް އެ ދެމީހުންނަށް ލިބުނީ އަންހެން ކުއްޖެެކެވެ. ދަރިފުޅު އުފަންވި ތާރީޚަކީ 19 ސެޕްޓެމްބަރު 2026 ކަމަށް ވެސް ޕޯސްޓުގައި ބުނެފައިވެ އެވެ.
2018 ވަނަ އަހަރު އިޓަލީގައި ކައިވެނިކުރި ރަންވީރާއި ދީޕިކާއަށް އެމީހުންގެ ދޮށީ ދަރިފުޅު ދުއާ ލިބުނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އެވެ.
އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ދީޕިކާ އިއުލާންކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
މައިންބަފައިންނަށް ވުމަށް ފަހު ވެސް ދެ ތަރިން ދަނީ އެމީހުންގެ ފިލްމީ ކެރިއަރު ކުރިއަށް ގެންދަމުންނެވެ. ދީޕިކާ ކުރިއަށް އޮތް ތަނުގައި ޝާހްރުކް ޚާންއާއެކު ފެންނާނީ "ކިންގް" ފިލްމުންނެވެ.
އެއާއެކު އައްލޫ އަރުޖުންއާއެކު އެޓްލީގެ ސައިންސް-ފިކްޝަން ފިލްމު "ރާކާ" އިންވެސް އޭނާ ފެންނާނެ އެވެ. ރަންވީރު މިހާރު ތައްޔާރު ވަމުންދަނީ އޭނާގެ ކުރިއަށް އޮތް ތުރިލާ ފިލްމު "ޕްރަލޭ" އަށެވެ.
މޭޔަރު ސައުދާއި ތިން ކައުސިލަރަކަށް އިތުރު ދައުވާއެއް
ޕީއެންސީގެ މީހުންގެ މައްސަލަ ބަލާކަށް ނުކެރޭނެ: ޔާމީން
ކެޓްރީނާގެ ދިފާއުގައި ކުރީގެ ލޯބިވެރިޔާ ސަލްމާން ވެސް ތެދުވެއްޖެ