ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ދުވަސްވީ މައްސަލަ އަންނަ އަހަރުގެ މެއި މަސް އަންނައިރު މުޅިން ހައްލުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުންނާ ސުވާލުކުރަން ބޭއްވި "އަހާ" ފޯރަމްގައި އިހުސާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސީރިއަސްކޮށް ނަގާފައި އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް "އޮޕަރޭޝަން ކުރަނގި" ފަށައިގެން މި ސަރުކާރުން އެ މައްސަލަ ހައްލުކުރަން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރާ ހަވާލުވިއިރު ރާއްޖޭގައި ރެކޯޑްކޮށްފައި ތިބި 295،000 ބިދޭސީންގެ ތެރެއިން ފިންގަޕްރިންޓް ނަގައި ކާކުކަން އެނގެން ތިބީ އެންމެ 22،000 މީހުންނެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން 260،000 މީހުން ވެރިފައިކޮށް ބަޔޯމެޓްރިކްސް ނަގާފައިވާއިރު، މިހާރު ބަޔޯމެޓްރިކްސް ނުނެގި ތިބީ އެންމެ ޕަސެންޓެއްގެ ބިދޭސީންކަން އޭނާ ފާހަގަކުރެއްވި އެވެ.
އެއާއެކު އެ ގައުމެއްގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ނޭނގޭ މީހުންގެ ނިސްބަތް އެންމެ ޕަސެންޓެއްގައި އުޅޭ މުޅި ދުނިޔޭގެ ތިން ގައުމުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސިންގަޕޫރާއި ޔޫއޭއީ ހިމެނިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކްސް ނުދީ ތިބި މީހުން މާދަމާއިން ފެށިގެން ޑީޕޯޓްކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގައި ގަވާއިދާ އެއްގޮތަށް އުޅޭ މީހުންނާއި ގަވާއިދާ ހިލާފަށް އުޅޭ މީހުން ވަކިކޮށް، ކުރަން އައި މަސައްކަތް ނޫން އެހެން މަސައްކަތެއްގައި އުޅޭ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އަދި އަންނަ އަހަރުގެ މެއި މަހަށް އޮޕަރޭޝަން ނިމޭއިރު، ބިދޭސީންގެ މައްސަލަ ބައިނަލްއަގުވާމީ މިންގަނޑުން ބަލައިގަންނަ މިންވަރަށް ހައްލުކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު ފިނި ފެނުން ފެންވެރުމުން މެޓަބޮލިޒަމް ރަނގަޅުވޭ؟
ޓޫރިސްޓުން އައި މިންވަރު 3.9 އިންސައްތަ ދަށްވެއްޖެ
ގުރައިދޫ ސްކޫލް ކުދިންނަށް ތައުލީމާ ގުޅޭ ހާއްސަ ހަރަކާތްތަކެއް
ހާދަ ޒާތެއްގެ ވާހަކަ ދައްކަވާ ބޭފުޅެކޭ މިއީ، ހީވަނީ މި ބޭފުޅާ އެ ވާހަކައެއް ބުނުމުން އެކަން ހައްލުވީއޭ، ރާއްޖޭގައި ގޭންގް މީހުން ނޫޅޭކަމަށް ނިންމައިފި، ބަރާބަރަށް ވައްކަން ކުރޭ، ސްކޭމްތައް އިތުރުވޭ، މިހާރު މި ބުނަނީ ބޭރުގެ މީހުން މައްސަލަ ވެސް ހައްލުވީ އޭ، ދިވެހިރާއްޖޭގައި ދިވެހިންނަށް ވުރެ ބޮޑު އާބާދީއެއްގެ ވަހަކަ މި ދައްކަނީ، ރައްޔިތުން ގުބޯ ނުހައްދައި އިސްތިއުފާދެއްވާ، ވާވަރަށް ބުހުތާނު ދޮގު ހެދިއްޖެ!