ރ. އަނގޮޅިތީމުގައި 72 އަހަރުގެ ދިވެހި އަންހެނަކު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި ރޭ އިޝާ ނަމާދަށް ހުއްޓާ، މަރައިލާނެކަމުގެ އިންޒާރުދީ ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އަނގޮޅިތީމުގައި ދޮށީ އުމުރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ 8:30 ހާއިރު އެވެ. މި ހާދިސާގައި އަނިޔާވި އަންހެން މީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މި މައްސަލައާ ގުޅިގެން ރޭ ގާތްގަނޑަކަށް 10:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.
ފުލުހުން ވަނީ މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އިތުރަށް ތަހުގީގު ކުރަމުންދާ މައްސަލައެއްކަން ހާމަކޮށްފަ އެވެ.
ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އުވައިލާ ބިލު ފާސްކޮށްފި
ނޭފަތުގެ ސާޖަރީއަށްފަހު ޖާންވީ ކުޅަދާނަކަމަށް ސްރީދޭވީ ބުނި
އީރާނާ ދެކޮޅަށް ފެށި މިޝަން އަދި ނުނިމޭ: އިޒްރޭލު