ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކީ ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނޭ މާޔޫސްވުން ނުވަތަ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ މީހެއް ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ 2020 އިން 2021 އަށް ކުރިއަށްގެންދިޔަ "ސްޓެޕް ސާވޭ"ގެ ނަތީޖާއިން ދައްކާގޮތުގައި ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރެ އެވެ.
ދުނިޔޭގެ ނިސްބަތުން 2023 އާ ހަމައަށް ކޮންމެ ހަތް މީހަކުން އެކަކު (1.2 ބިލިއަން މީހުން) ނަފްސާނީ ބައްޔެއް ތަހައްމަލުކުރާއިރު، މުޖުތަމައުގައި އޮންނަ ނުބައި ވިސްނުންތަކުގެ ސަބަބުން އެހީތެރިކަން ހޯދަން ގިނަ ބަޔަކު ފަސްޖެހޭކަން ފާހަގަކުރެވޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަތޮޅުތަކުގައި ސައިކޭޓްރިސްޓުންގެ ހިދުމަތް އިތުރުކުރަމުންދާއިރު، ހުޅުމާލޭގައި ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ 50 އެނދުގެ ޒަމާނީ ސައިކިއޭޓްރިކް އަދި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ 'ތަޖުރިބާގެ އަޑު ކަނުލައި އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު' އެވެ. މި ދުވަހުގެ މައިގަނޑު ހަރަކާތްތައް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކ. ކާށިދޫގައި ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި "ކޮމިއުނިޓީ ކަލާ ރަން"، "ވިލުންތެރި އާއިލީ މަހާސަމާ" އަދި އިސްރަށްވެހިންނަށް ހާއްސަ "އިސްރަށްވެހިންގެ ސައްލާ" ބައްދަލުވުން ހިމެނެ އެވެ.
ޔޫރޭނިއަމް ފައްކާކުރުން ހުއްޓާނުލާނެ ކަމަށް އީރާނުން ބުނެފި