ނެޓްފްލިކްސްގެ މަޝްހޫރު ވެބް ސީރީޒް "މުސާފިރު ކެފޭ"ގެ ފުރަތަމަ ސީޒަންގެ ކާމިޔާބީއަށްފަހު، އެ ސީރީޒްގެ ދެވަނަ ސީޒަނަށް ބެލުންތެރިން ތިބީ ކެތްމަދުވެފަ އެވެ.
މި ސީރީޒްގައި ސުދާގެ ރޯލުން ފެނިގެންދާ ޒުވާން ބަތަލާ ވެދިކާ ޕިންޓޯ ވަނީ މި ރޯލަށް އަނބުރާ އައުމާ ގުޅޭގޮތުން އޭނާގެ އިހުސާސްތައް ހިއްސާކޮށްފަ އެވެ.
ފުރަތަމަ ސީޒަނުގައި ވެދިކާ ކުޅުނު "ސުދާ"ގެ ކެރެކްޓަރަށް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ލިބިގެންދިޔަ އެވެ. އޭނާގެ ހުނަރުވެރި އެކްޓިންގްގެ ސަބަބުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މި ރޯލަށް އަލުން އެނބުރި ދާއިރު، ހުރި އިހުސާސްތައް އޭނާ ކިޔައިދިނެވެ.
"ސުދާގެ ދުނިޔެއަށް އަނބުރާ ދިޔުމަކީ ބިރުވެރި ކަމަކަށް ވިޔަސް އެއީ އެހާމެ ޝައުގުވެރި ކަމެއް. ފުރަތަމަ ފަހަރަށް އެ ކެރެކްޓަރު ބިނާ ކުރުމަށްޓަކައި އަހަރެމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން. އޭނާ އައި ސަރަޙައްދާއި، އޭނާގެ އާދަކާދަތަކާއި، ކެރެކްޓަރުގެ ކުދިކުދި ސިފަތައް ދެނެގަތުމަށް ވަރަށް ބޮޑު ވަގުތެއް ހޭދަކުރިން." ވެދިކާ ބުންޏެވެ.
ވެދިކާ އިތުރަށް ބުނީ، ސުދާގެ ކެރެކްޓަރަކީ އޭނާގެ ހަޔާތުގެ ބަޔަކަށްވެފައިވާ ކަމަށާއި، އެ ކެރެކްޓަރު އޭނާގެ ހިތުގައި ވަރަށް ފުންކޮށް ބިންވަޅު ނެގިފައިވާ ކަމަށެވެ.
އެއާއެކު އަލުން ސެޓަށް ގޮސް އެ ބޫޓަށް އަރައިގެން މަސައްކަތް ފެށުމުން، މި ކެރެކްޓަރުގެ އާ ކަންތައްތަކެއް އިތުރަށް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
މި ސީރީޒްގެ ދެވަނަ ސީޒަނުގައި ވެދިކާއާ އެކު ލީޑް ރޯލުން ފެނިގެންދާނީ މަޝްހޫރު އެކްޓަރު ވިކްރާންތު މެސީ އެވެ. ސީރީޒްގެ އިތުރުން ވެދިކާ ވަނީ ކުރިއަށް އޮތްތަނުގައި ދަރްމާ ޕްރޮޑަކްޝަންސްގެ ފިލްމަކުން ފެނިގެންދާނެކަން ވެސް ހާމަކޮށްފަ އެވެ.
އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމުގެ ކުށުގެ އަދަބު ބޮޑުކުރަނީ
ވެރިންގެ މުސާރަ ބޮޑުކުރަނީ އާންމުން ޕެނެޑޯލަށް ޖެހިފައި ތިއްބައި
ޕްރޮސެސްކުރި މަހުގެ އެކްސްޕޯޓް 12 ޕަސެންޓް އިތުރު