ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޑަކޯޓާ ޖޯންސަންއާއި މަޝްހޫރު ރޮކް ލަވަކިޔުންތެރިޔާ މެޝިން ގަން ކެލީ (އެމް.ޖީ.ކޭ) ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތަކުގެ އަޑު އަނެއްކާ ވެސް ގަދަވެއްޖެ އެވެ.
"ފިފްޓީ ޝޭޑްސް އޮފް ގްރޭ" ފިލްމުން މަޝްހޫރުވި ބަތަލާއާއި، ޓެޓޫތަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ އަނެއްކާ ވެސް އެކުގައި ބޭރު ތެރެއިން ފެނުމާއެކު އެކަން ވަނީ މީޑިއާއާއި އާއްމުންގެ ސަމާލުކަމަށް އައިސްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، މި ދެ ތަރިން އެންމެ ފުރަތަމަ ބައްދަލުވީ 2026 ވަނަ އަހަރުގެ ޖުލައި މަހު ޓޭލާ ސްވިފްޓާއި ޓްރެވިސް ކެލްސީގެ ކައިވެނީގެ ހަފުލާއެއްގަ އެވެ.
އޭގެފަހުން ސެޕްޓެމްބަރު މަހު ނިއުޔޯކް ސިޓީގައި ޓޭލާ ސްވިފްޓްގެ އެޕާޓްމަންޓަށް އެކުގައި ވަންނަނިކޮށް ފެނުމާއެކު، މި ވާހަކަތައް މީޑިއާގައި ބާރަށް ފެތުރެން ފެށިއެވެ. އޭގެ ފަހުންވެސް ލޮސް އެންޖެލަސްގެ އެކި ސަރަޙައްދުތަކުން އެމީހުން އެކުގައި ފެނިފައިވެ އެވެ.
އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެސް ލޮސް އެންޖެލަސްގައި ހުންނަ މިއުޒިކް ސްޓޫޑިއޯއަކުން ނުކުމެގެން ދަނިކޮށް، އަދި ހޮލީވުޑްގެ މަޝްހޫރު "ޝެޓޯ މާމޯންޓް"އިން ދަންވަރުގެ ވަގުތެއްގައި އެ ދެމީހުންއެކުގައި ނުކުންނަނިކޮށް ވެސް ކެމެރާތަކަށް އަރާފައިވެ އެވެ.
މި ދެ ތަރިންގެ ފަރާތުން ރަސްމީކޮށް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެމްޖީކޭގެ ގާތް ފަރާތަކުން "ޕީޕަލް" މެގަޒިނަށް މައުލޫމާތު ދިން ގޮތުގައި، އެ ދެމހުން މިހާރު އުޅެނީ "ޑޭޓިންގް ފޭސް"ގައި ކަމަށާއި، އަދި އެ ގުޅުން ރަސްމީކޮށް އިއުލާންކުރާ ހިސާބަށް ނުދާ ކަމަށެވެ.
ޑަކޯޓާ ވަނީ މީގެކުރިން ކޯޑްޕްލޭ ބޭންޑުގެ ލަވަކިޔުންތެރިޔާ ކްރިސް މާޓިންއާ އެކު ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގުޅުމެއް ބާއްވާފަ އެވެ. 2025 ވަނަ އަހަރު އެމީހުން ވަނީ ވަކިވެފަ އެވެ.
އެމްޖީކޭ ވެސް މީގެ ކުރިން ބަތަލާ މޭގަން ފޮކްސްއަށް ކައިވެނި ހުށައަޅައި އެންގޭޖްވި ނަމަވެސް ފަހުން 2024 ވަނަ އަހަރު އެ ގުޅުން ވަނީ ރޫޅިފަ އެވެ.
ރަސްމާލެ މަޝްރޫއަށް ފާޑުކިޔުން ހުއްޓުވަން ގާނޫނު އިސްލާހުކުރަނީ
"މުސާފިރް ކެފޭ" ސީޒަން 2: "ސުދާ"ގެ ރޯލަށް ވެދިކާ އަލުން ތައްޔާރު!