ރާއްޖޭގައި މުދައްރިސްކަން ކިޔަވާނެ ދަރިވަރުން ނެތި، ތައުލީމީ ދާއިރާ ގައުމީ ފެންވަރުގެ ބޮޑު ކްރައިސިސްއަކަށް ވެއްޓެމުންދާއިރު، ސިޔާސީ ވެރިންގެ "ބޯހަރުކަމާ" ހުރެ އެކަމަށް އެދެވޭ ހައްލެއް ނުހޯދޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ހޯމް-ސްކޫލިން ނިޒާމު ހިމެނޭހެން ތައުލީމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވި ބިލުގެ ބަހުސްގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވީ، މުދައްރިސުންނަށް ދޭންވާ ގަދަރާއި ލޯބި ނުދިނުމުގެ ނަތީޖާއަކީ މިއަދު އެ ދާއިރާއަށް ވަންނާނެ ކުދިން ނުލިބުން ކަމަށެވެ.
ވަކިން ހާއްސަކޮށް ސިޔާސީ ފިކުރުން އެންމެ ބޮޑަށް އެއްކިބާވެގެން ރަށްރަށުގައި ހިދުމަތްދޭ ޓީޗަރުންގެ އަގު ވަޒަންނުކުރެވޭ މައްސަލައިގައި ސިޔާސީ ޕާޓީތަކާއި ވެރިން ޒިންމާވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"[މުދައްރިސުން މަދުވުމުން] އަޅުގަނޑުމެން މިދަނީ ގައުމީ ފެންވަރުގެ ކްރައިސިސްއަކަށް. މިއީ ކީއްވެގެންތޯ؟ ސިޔާސީ ވެރިންގެ ބޯހަރުކަމުން. ވަކި ޕާޓީއެއް ކިޔާނެ ކަމެއް ނެތް،" އަމީން ވިދާޅުވި އެވެ.
މީގެއިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު ވަނީ، ރަށްރަށުގެ ކައުންސިލަރުންނާއި ފަނޑިޔާރުންނަށް ދޭ މުސާރައަށް ވުރެ ބޮޑު މުސާރައެއް ޓީޗަރުންނަށް ދޭންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ތައުލީމީ ނިޒާމުގައި ހުރި މިފަދަ އަސާސީ ބޮޑެތި ގޮންޖެހުންތަކާއި މުސާރައިގެ އޮނިގަނޑަށް އެދެވޭ ބަދަލެއް ނުގަނެވޭއިރު، އިދާރީ ބަދަލުތަކެއް ގާނޫނަށް ގެނައުމަކުން މި ދާއިރާއަށް ކުރިމަތިވެފައިވާ ހީނަރުކަމަށް ހައްލެއް ނުލިބޭނެކަން މެންބަރުންގެ ވާހަކަތަކުން ވަނީ ހާމަވެފަ އެވެ.
ސީއައިޑީގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބީޕީ ސިންގް މަރުވެއްޖެ
ސެނެޓް އިންތިހާބަށް ޓްރަމްޕް ކެމްޕޭން ފަށައިފި
އިޒްރޭލް އިންތިހާބުގެ އެގްޒިޓް ޕޯލް: އިދިކޮޅަށް ކުޑަ ކުރިއެރުމެއް