އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓާއެކު، ރާއްޖޭގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބަޖެޓުގައި، އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު ނުވަތަ ފޫނުބެއްދެ ބައިގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ހުންނާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ބަޖެޓުގެ ތަފުސީލުތައް ދައްކާގޮތުން، 161.3 ބިލިއަން ރުފިޔާއަށް އަރާ ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ އެތެރޭގެ ދަރަނީގެ ގޮތުގައި 108 ބިލިއަން ރުފިޔާ، ބޭރުގެ ދަރަނީގެ ގޮތުގައި 43.4 ބިލިއަން ރުފިޔާ، އަދި ދައުލަތުން ގެރެންޓީ ދީފައިވާ 9.7 ބިލިއަން ރުފިޔާގެ ދަރަންޏެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 43.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހަރަދުތައް ހަމަޖެއްސުމަށް 18.9 ބިލިއަން ރުފިޔާ ހޯދަންޖެހެ އެވެ. އޭގެ ތެރެއިން 11.9 ބިލިއަން ރުފިޔާ ހޯދަން ރާވާފައި ވަނީ އެތެރޭގެ ފަރާތްތަކުންނެވެ. އޭގެ ތެރޭގައި އެތެރޭގެ ސެކިއުރިޓީން 8.6 ބިލިއަން، އެސްޑީއެފުން 2.3 ބިލިއަން، އަދި ލޯނުތަކުން ލިބޭ 900 މިލިއަން ހިމެނެ އެވެ. އަދި ބޭރުގެ ފަރާތްތަކުން 6.9 ބިލިއަން ރުފިޔާ ހޯދުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ބޮންޑު ނުވަތަ ސުކޫކު ވިއްކައިގެން 2.6 ބިލިއަން، ލޯނުގެ ގޮތުގައި 2.3 ބިލިއަން، އަދި ބަޖެޓު ސަޕޯޓަށް 1.8 ބިލިއަން ރުފިޔާ ހޯދުން ހިމެނެ އެވެ.
އެކްސްޕޯއަށް ޒިޔާރަތްކޮށްގެން ދިރާގުގެ އިނާމު ހޯދުމުގެ ފުރުސަތު!
އަންނަ އަހަރު ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް