ހުޅުމާލޭގެ ފިހާރައެއްގެ ކޭޝިއަރަކަށް ހުރި ބިދޭސީ އަންހެނެއްގެ ކަރަށް ވަޅިން ހަމަލާދިން ބިދޭސީއަކު 20 އަހަރަށް ޖަލަށްލައި, ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭގެ ނިރޮޅުމަގުގައި ހުރި ފިހާރައެއްގައި ހުރި ނޭޕާލްގެ އަންހެން ކޭޝިއަރަކަށް ވަޅިން ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރި މިއާގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކުރި މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުވާތީ އޭނާ 20 އަހަރަށް ޖަލަށްލުމާއެކު ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކުރީ އިއްޔެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އޭނާ 20 އަހަރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 18 އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު ހުކުމެކެވެ.
ރާއްޖޭގައި ބިދޭސީން ނުރައްކާތެރި މާރާމާރީތައް ހިންގުމުގެ މައްސަލަތައް މިހާރު ދަނީ އިތުރުވަމުންނެވެ.
ވިކީ އަބަދުވެސް ދަރިފުޅަށް ވަގުތު ހުސްކުރޭ: ކެޓްރީނާ
ފުއްގިރި މައްސަލައިގެ ބައެއް ކަންކަން ޔާމީން އިސްތިއުނާފުކޮށްފި
މޭޔަރު ސައުދު ކޯޓަށް ހާޒިރެއް ނުވި: ކްރިމިނަލް ކޯޓް
