މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތެލުގެ ހިޔާނާތުގެ މައްސަލާގައި އެ ކުންފުނީގެ އިސް މުވައްޒަފަކާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ބިދޭސީއަކު އަށް އަހަރާއި ނުވަ މަހަށް ޖަލަށްލައި, ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ޗީފް މެނޭޖަރުގެ ގޮތުގައި މަސައްކަތްކުރި ސ. ފޭދޫ ވާރުގޭ މުހައްމަދު އައިމަން އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައުޖަރެއްގެ ޑްރައިވަރެއްގެ ގޮތުގައި އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށް ދައުލަތުން ދައުވާކުރީ ޖެނުއަރީ, 2020 އިން ފެށިގެން އޮކްޓޫބަރު 2020 ގެ ނިޔަލަށް އެމްޕީއެލްއަށް ލިބިފައިނުވާ 700,000 އަށް ވުރެ ގިނަ ލީޓަރުގެ ޑީސަލް ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި, އެއަށްވާ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދައްކާފައިވާތީ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އައިމަން އާއި ސޮޖިބްގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް އުފެއްދުން ނުވަތަ އޭގެ ތެދުކަން ދެއްކުމުގެ ދައުވާ ސާބިތުވާތީ އެ ދެ މީހުން ޖަލަށްލުމާއެކު, ގެއްލުނު ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ހުކުމްކޮށްފައިވާ ކަމަށެވެ.
އެގޮތުން ހިޔާނާތްތެރިވުމުގެ ކުށުގައި ކޮންމެ މީހަކު އަށް އަހަރަށް ޖަލަށްލުމުގެ އިތުރުން ސައްހަ ނޫން ލިޔުމުގެ މައްސަލާގައި ކޮންމެ މީހަކު ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ މައްސަލާގައި އައިމަން ޖަލަށްލާން ހުކުމް ކުރިއިރު, އެ މައްސަލައާ ގުޅިގެން އޭނާ އޭރު ވަޒީފާއިން ވެސް ވަކިކުރި އެވެ. އެ މައްސަލާގައި އޭނާއަށް އަލުން ވަޒީފާދޭން ހުކުމްކުރި ނަމަވެސް ހައި ކޯޓުން ފަހުން ވަނީ ވަޒީފާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ނިންމައިފަ އެވެ. ނަމަވެސް ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ އެއް ރުފިޔާގެ ބަދަލެއް ދޭން އޭރު ހައި ކޯޓުން އެންގި އެވެ.
ރަސްމާލެ މަޝްރޫއާ ސޯލިހު ދެކޮޅު، ހުއްޓާލަންޖެހޭ
ރިކަރަންޓް ހަރަދު ބޮޑު، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް
މޭޔަރު ސައުދު ކޯޓަށް ހާޒިރެއް ނުވި: ކްރިމިނަލް ކޯޓް
