ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން ރޭ ފަތިހުން ފެށިގެން ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި އެވެ.
ޓްރިވެންޑްރަމްގައި ފަތިހު 5:30 ހާއިރު ގެއިން ބޭރަށް ދިޔަ ގޮތަށް މައުލޫމާތެއް ނުލިބިގެން ހޯދަމުން ދަނީ ރ. މީދޫ، އަތަމާގެ، އަލީ އިބްރާހިމެވެ.
އޭނާގެ ދަރިފުޅު މަޢުލޫމާތު ދިން ގޮތުގައި، ބައްޕަ ގެއްލިފައިވަނީ ކަސްރަތަށް ހިނގާލަން ފަތިހު ނުކުމެ އުޅެނިކޮށެވެ. ކަސްރަތަށް ނުކުތް ގޮތަށް އެނބުރި ގެއަށް ނުގޮސް ލަސްވުމުން، ހެނދުނު 9:00 އިން ފެށިގެން އާއިލާއިން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންނެވެ.
އޭނާ ގެއްލުނުއިރު ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ މުންޑެކެވެ.
އަލީ އިބްރާހިމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 9129561 އަށް ގުޅައި ހިއްސާކޮށްދިނުމަށް އާއިލާއިން ވަނީ އެދިފަ އެވެ.
2027 ގައި ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ
އެކްސްޕޯއަށް ޒިޔާރަތްކޮށްގެން ދިރާގުގެ އިނާމު ހޯދުމުގެ ފުރުސަތު!