ރާއްޖެއަށް ފަސް ކިލޯއެއްހާ ޑްރަގް އެތެރެކުރި އިންޑިއާގެ ރައްޔިތަކާއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައި, އޭނާ 12 އަހަރަށް ޖަލަށްލުމާއެކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އިންޑިއާގެ ރައްޔިތެއް ކަމަށްވާ ލަލްތުލަންޕަރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 2023 ވަނަ އަހަރު ހައްޔަރުކުރީ އޭނާ ދުބާއީ މަގުން ރާއްޖެ އައިއިރު އޭނާގެ އަތްދަބަހާއި ޓްރޯލީ ދަބަަހުގެ ތެރެއިން ފަސް ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ.
އެ މައްސަލާގައި އޭނާއަށް ދައުވާ ކުރުމަށްފަހު ދައުލަތުން ވަނީ އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށްފަހު އޭނާގެ އަދަބު 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމަކަށް ކުޑަކުރަން އެއްބަސްވެފަ އެވެ. އަދި ޖޫރިމަނާގެ އަދަދު ވެސް 50,000ރ. އަށް ދަށްކުރަން ދައުލަތުން އެއްބަސްވި އެވެ.
އެ އެއްބަސްވުމާ އެއްގޮތަށް ލަލްތުލަންޕަރީ ކުށަށް އިއުތިރާފްވުމުން އޭނާ 12 އަހަރާއި މަހަށް ޖަލަށްލުމާއެކު, 50,000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ނަމަވެސް އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ 11 މަހާއި 16 ދުވަހުގެ ޖަލު ހުކުމެކެވެ.
ރިކަރަންޓް ހަރަދު ބޮޑު، 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް