ބޭސްފަރުވާއަކަށް އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދިވެހި ފިރިހެނަކު، ގެއްލުނުތާ 24 ގަޑިއިރު ފަހުން މިއަދު ފެނިއްޖެ އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ރ. މީދޫ، އަލީ އިބްރާހިމެވެ.
އޭނާ ފެނިފައިވަނީ މަގު އޮޅިގެން، ޓްރިވެންޑްރަމްގެ މަގުމަތީގައި އިށީނދެ އިންދާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި 24 ގަޑިއިރަށްވުރެ ގިނައިރު ވީފަހުން އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅުނު ދިވެއްސަކު ގެއްލިގެން އިއްޔެ ފަތިހުން ފެށިގެން ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި އެވެ.
އޭނާގެ ދަރިފުޅު މަޢުލޫމާތު ދިން ގޮތުގައި، ބައްޕަ ގެއްލިފައިވަނީ ކަސްރަތަށް ހިނގާލަން ފަތިހު ނުކުމެ އުޅެނިކޮށެވެ. ކަސްރަތަށް ނުކުތް ގޮތަށް އެނބުރި ގެއަށް ނުގޮސް ލަސްވުމުން، އިއްޔެ ހެނދުނު 9:00 އިން ފެށިގެން އާއިލާއިން ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ޓްރިވެންޑްރަމުން ދިވެއްސަކު ގެއްލިގެން ހޯދަނީ
ބޮލްސޮނާރޯ އޭނާއަކީ "ބްރެޒިލްގެ ޒައީމް" ކަމަށް ބުނެފި