ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅުވާލައިފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި މިއީ ތިލަމާލެ ބްރިޖު މަޝްރޫއުގައި ހާސިލުކުރެވުނު މުހިންމު އިތުރު މަރުހަލާއެކެވެ. މި ކާމިޔާބީއާއެކު ބްރިޖު މެދުވެރިކޮށް ވިލިމާލެއާއި ގުޅީފަޅު މިހާރު ވަނީ އެކީގައި ގުޅާލެވިފަ އެވެ.
މި މަޝްރޫއުގެ މުހިންމު މަރުހަލާއެއް ނިމުމާ ގުޅިގެން މިނިސްޓަރު ވަނީ ބްރިޖުގެ އަމަލީ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށާއި ކޮންސަލްޓެންޓް އަރުޕް އަދި މިނިސްޓްރީގެ ޓީމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި މި މަޝްރޫއަށް އިންޑިއާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖު މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ. އިންޑިއާގެ އެގްޒިމް ބޭންކްގެ 500 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން ހިންގާ މި މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި 6.74 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭގެ ވިއުގައަކުން ގުޅާލުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ސެކްޝަންގެ ސުޕަސްޓްރަކްޗާގެ މަސައްކަތް ނިންމާލައިފައިވަނީ މިދިޔަ އޯގަސްޓު މަހުގަ އެވެ.
ޗެޓްޖީޕީޓީގެ ލަފައަށް ބޭސް ހުއްޓާލައިގެން މަރުވުމުން ދައުވާކޮށްފި
ކާމިޔާބީއަށް ލޯބިކުރާ މީހުންނަށް ދުޅަހެޔޮ ގުޅުމެއް ދެމެހެއްޓިދާނެ
މައުތު ވޮސް ބޭނުންކުރުން: ފައިދާއެއްތަ ނުވަތަ ނުރައްކަލެއްތަ؟
