ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރުފުރުން ފާހަގަކުރުމަށް މާދަމަރޭ ބާއްވާ ޖަލްސާއަށް ސަރުކާރު މުވައްޒަފުންގެ އަނބިންނާއި ފިރިން ގޮވައިގެން ދާން ބަޖުބޫރުކޮށް، އަނބިންނާއި ފިރިންގެ ލިސްޓެއް ފޮނުވަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަންގަވައިފި އެވެ.
އެނގިފައިވާ ގޮތުގައި މުންދު ސޮއިކުރައްވައި ފޮނުވި ސިޓީއެއްގައި ވަނީ މާދަމާ ރޭގެ ޖަލްސާއަށްދާ ސަރުކާރު މުވައްޒަފުންގެ ލިސްޓެއް ފޮނުވުމަށް ވުޒާރާތަކަށް އަންގާފަ އެވެ. އެ ލިސްޓްގައި މުވައްޒަފުންގެ އަނބިންނާއި ފިރިންގެ ނަންތައް ހިމަނަން ވެސް ވަނީ އަންގާފަ އެވެ.
މުންދު އެންގެވީ މިއަދުގެ މެންދުރު 1:00 ގެ ކުރިން ރައީސް އޮފީހަށް އެ ލިސްޓް ފޮނުވުމަށެވެ.
"ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި ކުރެއްވި ބުރަ މަސައްކަތްޕުޅުން ހޯދައިފައިވާ ކާމިޔާބީގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ މި ޖަލްސާގައި ތިޔަ އިދާރާގެ ހުރިހާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއެކު ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އަރުވަ އެވެ،" އެ ސިޓީގައި ލިޔެފައިވެ އެވެ.
އެ ޖަލްސާއަށް ދިޔުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ދަނީ މަޖުބޫރު ކުރުވަމުންނެވެ. ޖަލްސާއަށްދާ މުވައްޒަފުންގެ ހާޒިރީ ބެލޭނެ ކަމަށް ވެސް މުވައްޒަފުންނަށް ވަނީ އަންގާފަ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ޖަލްސާއާ ހަމައަށް ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރަން ހަރުކަށި އެންގުންތަކެއް އެ ޕާޓީގެ މަޖިލިސް މެންބަރުންނަށާއި ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް ވަނީ އަންގާފަ އެވެ. އެގޮތުން ފައިސާ އާއި ވަޒީފާ ދީގެން ޕާޓީއަށް އަންނަނީ މެންބަރުން ވައްދަމުންނެވެ.
ރިސާޗް ކޮންފަރެންސްގައި މިފަހަރު އިގްތިސާދީ ވާހަކަ
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން ޖަލްސާއެއް ބާއްވަނީ
މަސްވެރިކަމުގެ ދާއިރާގެ އިގުތިސާދީ އުފެއްދުންތެރިކަން ދަށްވެއްޖެ
