ނިއުޔޯކްގައި ބޭއްވި "ދަ ޖޭލޯ ޝޯ" ގެ ހާއްސަ ހަރަކާތެއްގެ ތެރެއިން، މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕޭޒްގެ ހަތަރު ކައިވެންޏާ ގުޅުވައިގެން ސަޕޯޓަރަކު ޖެހި ޖޯކު އޭނާއަށް ވަރަށް މަޖާވެއްޖެ އެވެ.
ބަތަލާ ރޭޗަލް ޒެގްލާ ކުރިއަށް ގެންދިޔަ މި އިންޓަވިއުގައި، ޖެނިފާ އޭނާގެ ކައިވެނިތަކާ ބެހޭގޮތުން ވާހަކަދައްކަމުން ދަނިކޮށް އޯޑިއަންސްގައި އިން ސަޕޯޓަރަކު ވަނީ، "އަދިވެސް އިތުރު ހަ އިނގިލި އެބައިން" ކަމަށް ބުނެ ހަޅޭއްލަވައިގެންފަ އެވެ. މި ވާހަކައަށް ހެމުން ޖެނިފާ ބުނީ މިއީ އޭނާގެ ހަޔާތުގައި ވެސް އަޑުއެހި އެންމެ މަޖާ ޖޯކު ކަމަށާއި، ދެން ވަރިއާ ބެހޭގޮތުން މީހަކު ސުވާލުކޮށްފިނަމަ ދޭނީ އެ ޖަވާބު ކަމަށެވެ. ނަމަވެސް އިތުރު ކައިވެންޏެއް ކުރާނެ ހިތްވަރު ހުރިކަމާމެދު ޝައްކު ކަމަށް ވެސް އޭނާ ބުންޏެވެ.
ޖެނިފާ މިހާތަނަށް ކޮށްފައިވާ ހަތަރު ކައިވެނީގެ ތެރޭގައި ހިމެނެނީ އޮޖާނީ ނޯއާ، ނެށުންތެރިޔާ ކްރިސް ޖަޑް، އެއްމާބަނޑު ދެކުދިން ލިބުނު ލަވަކިޔުންތެރިޔާ މާކް އެންތަނީ އަދި އެންމެ ފަހުން ކައިވެނިކުރި އެކްޓަރު ބެން އެފްލެކް އެވެ. ބެން އެފްލެކްއާ 2022 ގައި ކުރި ކައިވެނި ވެސް 2024 ގައި ވަރިވާން ހުށަހަޅައި، 2025 ގެ ޖެނުއަރީ މަހު ވަނީ ރަސްމީކޮށް ނިމުމަކަށް އައިސްފަ އެވެ.
މިނިސްޓަރު މުއްތަލިބު މަޖިލީހަށް ގެންދެވި ދަބަހުގައި އޮތީ ބޫޓެއް