އަބުރުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ބިލަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އަބުރުގެ ގާނޫނުގެ ބޭނުމަކީ ސަރުކާރުގެ ކޮރަޕްޝަންތަކާއި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުންނަ ހަމަނުޖެހޭ ކަންކަމާއި ގޯސް ކަންކަން ފޮރުވުން ކަމަށެވެ.

"މިއިން ކޮންމެ ކަމެއްގައި ހަގީގީ މަގްސަދަކަށް ވެފައި އޮންނަނީ، މައިގަނޑު މަގްސަދަކަށް ވެފައި މިއޮންނަނީ ސަރުކާރުގެ ކޮރަޕްޝަންތަކާއި އެ ސަރަކާރުގެ ނިޒާމުގެ ތެރޭގައި ހުންނަ ހަމަނުޖެހޭ ކަންކަން ގޯސް ކަންތައްތައް ފޮރުވުމުގެ ނިޔަތް. މިއިން ކޮންމެ ބިލެއްގައިވެސް މިއޮންނަނީ،" އޭނާ ވިދާޅުވި އެވެ.

ބޮޑެތި ޖޫރިމަނާތަކާއި ސާފުނުވާގޮތަށް ބޭނުން ކޮންމެ ގޮތަކަށް މާނަކުރެވޭގޮތަށް އެކި ބަސްތައް އެ ބިލްގައި ހިމަނާފައިވާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

އެ ބިލްގައިވާގޮތުން ސޯޝަލްމީޑިއާގައި މީހަކު ޝެއާކުރާ ޕޯސްޓަކާ ގުޅިގެން މީހެއްގެ އަބުރު ގެއްލިއްޖެނަމަ ބަދަލުގެ ގޮތުގައި 500،000ރ. ނަގައިދެވެ އެވެ.

އަބުރާ ބެހުނުކަމުގެ ދައުވާއެއް އުފުލާ މީހަކަށް މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ ކަމަށް އެ ބިލުގައި ހިމަނައިފައި ވެ އެވެ.