ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެން ހެތަވޭއާއި އޭނާގެ ފިރިމީހާ އެޑަމް ޝުލްމަންގެ ކައިވެންޏަށް ތިންވަނަ ކުއްޖަކު ލިބިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ނިއުޔޯކް ސިޓީގެ މަގުތަކުގައި އޭންގެ ތުއްތު ދަރިފުޅާއެކު އޭނާ ހިނގާލަން ނުކުތް މަންޒަރު ފެނިފައިވާ ފޮޓޯތަކެއް ވަނީ އާއްމުވެފަ އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި އެން ހެތަވޭވަނީ އިންސްޓަގްރާމް ވީޑިއޯއެއް މެދުވެރިކޮށް އޭނާ ބަލިވެ އިންކަން ސަޕޯޓަރުންނަށް ހާމަކޮށްދީފަ އެވެ.
ކުޑަކުޑަ ބަނޑާ އެކު އޭނާ ހާމަކުރި މި އުފާވެރި ހަބަރަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާންކަމަކާ އެކުވެސް ވަރަށް ބޮޑު އުފަލެއް ގެނުވި ކަމެކެވެ.
އުމުރުން 44 އަހަރުގެ އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވާ ބަތަލާ، ދާދި ފަހުން ނިއުޔޯކްގައި ފެނިގެންދިޔައިރު މިއީ ތިންވަނަ ދަރިފުޅު ލިބުނު ފަހުން އޭނާ އާންމު ތަނަކަށް ނުކުތް ފުރަތަމަ ފަހަރެވެ.
މިދަތުރުގައި ކުއްޖާގެ ގައިގައި އަޅާފައިވާ ފިޔާތޮށި ކުލައިގެ ތޮތްޕެއް ފެނުމާއެކު، ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް ފެށިފަ އެވެ. މީގެ ކުރިން ދެ ފިރިހެން ކުދިން ލިބިފައިވާ އެން ހެތަވޭ އަށް މިފަހަރު ލިބުނީ އަންހެން ކުއްޖެއްތޯ ބަލަން ގިނަ ބަޔަކު ވަނީ ޝައުގުވެރިވެފަ އެވެ.
އެން ހެތަވޭ އާއި އެޑަމް ޝުލްމަން ކައިވެނި ކޮށްފައިވަނީ 2012 ވަނަ އަހަރު ކަމަށްވާއިރު، އެމީހުންނަށް ކުރިން ޖޮނަތަން (10 އަހަރު) އަދި ޖެކް (6 އަހަރު) ކިޔާ ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. ނަމަވެސް ތިންވަނަ ކުއްޖާގެ ޖިންސާއި ގުޅޭގޮތުން އެމީހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
މި އަހަރަކީ ފިލްމީ ގޮތުންނާއި އާއިލީ ގޮތުން ވެސް އޭންއަށް ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާއަށް ލިބުނު މި އުފަލާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން ދަނީ މަރުޙަބާ ކިޔަމުންނެވެ.
ޑެނިއަލްއަށްފަހު "އޭޖެންޓް 007"ގެ ރޯލަށް ރޮބާޓް ޕެޓިންސަން!
"މާތުރަބޫމީ"ގެ ކްރޫއިންނަށް ސަލްމާންގެ އަގުބޮޑު ހަދިޔާތަކެއް!
މައްކާގެ މަޝްހޫރު ގަޑި ޓަވަރަށް ދުނިޔޭގެ ދެ ރެކޯޑެއް!