ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު "ކަބީ ހުޝީ ކަބީ ގަމް"ގައި އެކުގައި ފެނިގެންދިޔަ ކަރީނާ ކަޕޫރު ހާންއާއި ރިތިކް ރޯޝަން 25 އަހަރަށްފަހު އެކުގައި އާ އިސްތިހާރަކުން ފެންނާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
2001 ވަނަ އަހަރު ނުކުތް އެ އައިކޮނިކް ފިލްމަށް 25 އަހަރު ފުރެން ކައިރިވެފައިވާ މި ދަނޑިވަޅުގައި، ކަރަން އިންސްޓަގްރާމްގައި ހިއްސާކުރި ކުރު ޕްރޮމޯ ވީޑިއޯއަކާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދާފަ އެވެ.
މި ވީޑިއޯއިން ފެނިގެންދަނީ ކަރީނާ އޭނާގެ މަޝްހޫރު 'ޕޫ' ގެ ކެރެކްޓަރާ އެއްގޮތަށް ތުންފަތުގައި ލިޕްގްލޮސް އުނގުޅާ މަންޒަރާއި ލެދާ ޖެކެޓެއްގައި ހުރި ރިތިކް އޭނާގެ ބޫޓުގެ ނާޑުވާ ބާރުކުރާ މަންޒަރެވެ.
މި ވީޑިއޯއާއެކު ކަރަން ލިޔެފައިވަނީ ބައެއް ވާހަކަތައް 25 އަހަރު ފަހުންވެސް ނިމުމަކަށް ނާންނަ ކަމަށެވެ. ގިނަ ބަޔަކު މިކަން ސިފަކޮށްފައިވަނީ އެންމެ އިންތިޒާރުކުރި އޮން-ސްކްރީން ޖޯޑު އަލުން އެއްތަންވުން ކަމަށެވެ.
ނަމަވެސް، މި ވީޑިއޯގެ ނިމުމުގައި މަޝްހޫރު ޓްރެވެލް ޕްލެޓްފޯމެއް ކަމަށްވާ "އެއާބީއެންބީ"ގެ ލޯގޯއެއް ހިމަނާފައިވުމާއެކު، މިއީ ފިލްމެއްގެ ސީކުއެލްއަކަށް ވުމަށްވުރެ ބޮޑަށް ބްރޭންޑްގެ ޕްރޮމޯޝަނަލް ކެމްޕޭނަކަށް ވުން ގާތް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެހެން ނަމަވެސް، އެކި ސަބަބުތަކާހުރެ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ފިލްމަކުން ނުފެނި ތިބި ދެ ތަރިން މިފަދަ ގޮތަކަށް އެއްކޮށް ފެނިގެންދިއުމަކީ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މި އިސްތިހާރު ނުވަތަ ކެމްޕޭން ފުރިހަމަޔަށް އާންމު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެއާއެކު މި ޕްރޮޖެކްޓާ ބެހޭ އިތުރު ތަފްސީލުތައް އެނގިގެންދާނެ ކަމަށް ބެލެވެ އެވެ.
ޑެނިއަލްއަށްފަހު "އޭޖެންޓް 007"ގެ ރޯލަށް ރޮބާޓް ޕެޓިންސަން!
ރަސްމާލެ ވިއްކާލައިފިނަމަ ގައުމީ ހަރަކާތާ ގުޅޭނަން: ޔޫނިއަންތައް
ރިއަލް އެސްޓޭޓް ބިލް ހިމެނޭހެން ތިން ބިލެއް ބަލައިގެންފި