މަޝްހޫރު ފިލްމީ ފްރެންޗައިޒް "'ޖޭމްސް ބޮންޑް"ގެ އޭޖެންޓް 007ގެ ރޯލުން ދެން ފެނިގެންދާނީ މަޝްހޫރު ތަރި ރޮބަޓް ޕެޓިންސަން ކަމަށް ރަސްމީކޮށް އިޢުލާން ކޮށްފި އެވެ.
މިހާތަނަށް އެ ރޯލުން ފެނިގެންދިޔަ ޑެނިއެލް ކްރެއިގް މި ފްރެންޗައިޒް ދޫކޮށްލުމުން މި "އައިކޮނިކް" ރޯލަުން ފެންނާނީ ޢުމުރުން 40 އަހަރުގެ ޕެޓިންސަން އެވެ.
މި އާ ފިލްމު ޑައިރެކްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ޑެނިސް ވިލްނޫވް އެވެ. މިއީ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯއިން ގެނެސްދޭން ތައްޔާރު ވަމުންދާ މި ސިލްސިލާގެ 26 ވަނަ ފިލްމެވެ. މި ހަބަރާއެކު ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ފޯރިއެއް ހިފާފަ އެވެ.
ފިލްމުގެ ޑައިރެކްޓަރު ޑެނިސް ވިލްނޫވް ހާމަކޮށްފައިވާ ގޮތުގައި، ރޮބަޓް ޕެޓިންސަން އަކީ މި ރޯލަށް އެންމެ ފުރިހަމައަށް ފެތޭނެ ތަރި އެވެ. އޭނާގެ ކިބައިގައި ބޮންޑްގެ ކެރެކްޓަރަށް ބޭނުންވާ ޝަހުސިއްޔަތާއި، ތަފާތު ތޫނުފިލިކަމާއި، އަދި ވަރުގަދަ ހަކަތަ ހުރިކަމަށް އޭނާ ފާހަގަ ކޮށްފައިވެ އެވެ.
"ބެޓްމޭން" ފަދަ ކާމިޔާބު ފިލްމުތަކުން ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރޮބަޓް ޕެޓިންސަން ހާމަ ކޮށްފައިވަނީ، ޖޭމްސް ބޮންޑް ފަދަ ލެޖެންޑަރީ ރޯލެއް ކުޅެން ލިބުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އެއާއެކު މި ޓީމާއެކު މަސައްކަތް ކުރަން ކެތް މަދުވެފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ޑެނިއެލް ކްރެއިގްގެ ޒަމާނަށްފަހު ޖޭމްސް ބޮންޑްގެ ދުނިޔެއަށް އަންނަ މިއަހަރުގެ އެންމެ ބޮޑު ބަދަލާއެކު، ސިނަމާތަކަށް އަންނާނެ މި އާ ފިލްމަކީ މިހާރުއްސުރެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.
ސިޓީ ކައުންސިލްގެ 14 ބިމެއް އަތުލުން ހުއްޓުވަން އަމުރެއް ނުދިން
25 އަހަރަށްފަހު ރިތިކްއާއި ކަރީނާގެ ފެނިލުމެއް އެކުގައި؟
އީރާނުން ސަރަހައްދުގެ ބައެއް ގައުމުތަކަށް ހަމަލާތަކެއް ދީފި