ސައޫދީ އަރަބިއާގެ އެންމެ މަޝްހޫރު އެއް ބިނާ ކަމަށްވާ "ދަ ކްލޮކް ޓަވަރު" ދުނިޔޭގެ ރެކޯޑް ފޮތުން ދެ ރެކޯޑެއް ހޯދައި، ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
މާތްވެގެންވާ މަސްޖިދުލް ހަރަމް ކައިރީގައި ހުންނަ މި ބިނާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ މުހިއްމު ބިނާއަކަށް ވެގެންގޮސްފައިވަނީ މި ލިބުނު ފަހުރުވެރި ކާމިޔާބީއާ އެކު އެވެ.
މައްކާ ސިޓީގެ ތަންތަނާ ބެހޭ ރޯޔަލް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ރެކޯޑުގެ ތެރެއިން ފުރަތަމަ ރެކޯޑު ލިބިފައިވަނީ އެ ޓަވަރުގައި ގާއިމުކޮށްފައިވާ ދުނިޔޭގެ އެންމެ އުސް އިމާރާތެއްގެ ތެރޭގައި ހުންނަ ދާރުލްއާސާރު އަށެވެ.
ބިމުން ފެށިގެން 426.875 މީޓަރުގެ އުސްމިނުގައި ހުންނަ މި ދާރުލްއާސާރު ވެފައިވަނީ މިފަދަ ދުނިޔޭގެ އެންމެ އުސް ދާރުލްއާސާގަށެވެ.
ދެވަނަ ރެކޯޑު ކާމިޔާބުކޮށްފައިވަނީ އެ ޓަވަރުގެ ބޭރުގައި ހުންނަ މަންޒަރު ބަލާ ޑެކް ނުވަތަ އޮބްޒަވޭޝަން ޑެކް އަށެވެ. ބިމުން ފެށިގެން 560.875 މީޓަރުގެ އުސްމިނުގައި ހުންނަ މި އޮބްޒަވޭޝަން ޑެކަކީ ދުނިޔޭގައި މިހާތަނަށް ހުރި މިފަދަ އެންމެ އުސް އޯޕަން އެއާ ޑެކް އެވެ.
މި ދެ ރެކޯޑަކީވެސް ރަސްމީކޮށް މިއަހަރުގެ ކުރީކޮޅު ހާސިލު ކުރެވިފައިވާ ކާމިޔާބީތަކެއް ކަމަށް ވީ ނަމަވެސް، ގިނެސް ވޯލްޑް ރެކޯޑްސްގެ ސެޓްފިކެޓްތައް ރަސްމީކޮށް ލިބިފައިވާކަން ކޮމިޝަނުން ހާމަކޮށްފައިވަނީ ދާދި ފަހުންނެވެ. މިކަމުގެ ސަބަބުން މައްކާއަށް އަންނަ ޒިޔާރަތްކުރާ މީހުންނާއި ހާޖީންނަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެންދާނެ އެވެ.
މިފަދަ ތާރީހީ ބިނާތަކުގެ ސަބަބުން މައްކާގެ ތާރީހީ އިލްމީ އަދި އާރުކިޓެކްޗަރަލް ގަދަރު ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް އުފުލިގެންދާނެ ކަމަށް ކޮމިޝަނުން ފާހަގަ ކޮށްފައިވެ އެވެ. މިއީ އިސްލާމީ މަރުކަޒެއްގެ ގޮތުގައި މައްކާގެ މަގާމު އިތުރަށް ވަރުގަދަ ކޮށްދޭ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
25 އަހަރަށްފަހު ރިތިކްއާއި ކަރީނާގެ ފެނިލުމެއް އެކުގައި؟
ރިއަލް އެސްޓޭޓް ބިލް ހިމެނޭހެން ތިން ބިލެއް ބަލައިގެންފި
އީރާނުން ސަރަހައްދުގެ ބައެއް ގައުމުތަކަށް ހަމަލާތަކެއް ދީފި