މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ތިން މަނީ ޗޭންޖަރެއްގެ ލައިސަންސް ބާތިލްކޮށްފި ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
އެ ތިން ތަނަކީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށް މަރުކަޒީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެތަންތަން އެމްއެމްއޭ އިން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެގޮތުން އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 250,000 ރުފިޔާއިން އަދި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
"ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަ ވެފައި. ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަން." އެމްއެމްއޭގެ ނޫސް ބަޔާނުގައި ވެ އެވެ.
ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ވެސް އެމްއެމްއޭ އާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުން ދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
ރިވެލި ބީޗް ރެސްޓޯރެންޓް އަތުލުން ހުއްޓުވި އަމުރު ބާތިލްކޮށްފި
ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވަރަށް ބޮޑަށް މަޑުޖެހިއްޖެ: ރައީސް
ގުޅިފަޅު ހިއްކުން ނުހުއްޓުވި މައްސަލަ ހައި ކޯޓުން ބަލައިނުގަތް